logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުލަބް ވޯލްޑްކަޕް ގަދަ 16 ގައި އިންޓަރ މަޔާމީ ޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއާއި ވާދަކުރަން ޖެހިއްޖެ

އަބްދުﷲ ޣާނިމް
24 ޖޫން 2025 - 03:06
އިންޓަރ މަޔާމީގެ ކެޕްޓަން މެސީ.
އިންޓަރ މަޔާމީގެ ކެޕްޓަން މެސީ.

ފީފާ ކުލަބް ވޯލްޑްކަޕްގައި މެސީގެ އިންޓަރ މަޔާމީ 2 ލަނޑުގެ ތަފާތުން ކުރީގައިވަނިކޮށް، މެޗުގެ ފަހު 10 މިނެޓު ތެރޭގައި ޕަލްމެއިރާސް އިން ޖެހި ދެގޯލާއެކު، މިމުބާރާޓިގެ ގަދަ 16 ގައި އިންޓަރ މަޔާމީ ނިމިދިޔަ ސީޒަނުގެ ޔޫރަޕިއަން ޗެންޕިއަން ޕީ.އެސް.ޖީ އާއި ވާދަކުރަން ޖެހިއްޖެއެވެ. މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުކޮށް އިންޓަރ މަޔާމީ ވޯލްޑްކަޕްގެ ގަދަ 16 އަށް ކޮލިފައިވެފައިވާއިރު، މިއީ ފީފާ ކުލަބް ވޯލްޑްކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ ފުރަތަމަ އެމެރިކާގެ ޓީމެވެ.

މިމެޗުގައި އިންޓަރ މަޔާމީއަށް ފުރަތަމަ ގޯލުޖަހައިދިނީ ޓަޑެއޯ އަލެންޑެއެވެ. އަދި މަޔާމީގެ ދެވަނަ ގޯލަކީ ލުއިސް ސުއާރެޒް ޖެހި ރީތި މޮޅު ލަނޑެކެވެ. މިދެ ގޯލާއެކު ޕަލްމެއިރާސް އިން ވަނީ ކުޅުން ރަނޣަޅުކޮށް، މަޔާމީގެ ގޯލާއި އަމާޒުކޮށް ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލަން ފަށާފައެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި މައުރީސިއޯ ފުރަތަމަ ގޯލު ޕަލްމެއިރާސް އަށް ޖަހައިދީފައިވާއިރު، މެޗު ނިމޭން ދެމިނެޓަށްވެފައިވަނިކޮށް މައއުރީސިއޯ ވަނީ ޕަލްމެއިރާސް އަށް ދެވަނަ ގޯލު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެެ.

Ad by Hajj Corporation

Ad by Hajj Corporation

މިނަތީޖާއާއެކު އިންޓަރ މަޔާމީ ޕީއެސްޖީއާއި ގަދަ 16 ގައިވާދަކުރަން ޖެހޭއިރު، ޕަލްމެއިރާސް ވާދަކުރަން ޖެހޭނީ ބޮޓަފޯގޯއާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޮޓްނަމް ބަލިކޮށް ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޔުއޭފާ ސުޕަކަޕް ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިންޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން ޑޮނަރުމާ އިޢުލާންކޮށްފިކުޅިވަރު | މަހެއް ކުރިންޕީއެސްޖީިއިން ޑޮނަރުމާއަށް ބިރުދައްކަނީކުޅިވަރު | 2 މަސް ކުރިންޑޮނަރުމާގެ މުސްތަޤުބަލާމެދު ސުވާލުއުފެދިފައިވާ ދަނޑިވަޅެއްގައި ޕީއެސްޖީއިން ކީޕަރެއްގެ ސޮއިހޯދުމާގާތަށްކުޅިވަރު | 2 މަސް ކުރިން