logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕީއެސްޖީ އެއްވަނައިގައި ގަދަ 16 އަށް، އެތްލެޓިކޯ މެޑްރިޑް މުބާރާތަާއި އަލްވަދާޢުކިޔައިފި

އަބްދުﷲ ޣާނިމް
24 ޖޫން 2025 - 03:26
ޕީއެސްޖީ އާއި ސިއާޓްލް ވާދަކުރި މެޗުގެ ތެރެއިން.
ޕީއެސްޖީ އާއި ސިއާޓްލް ވާދަކުރި މެޗުގެ ތެރެއިން.

ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އިން ސިއެޓަލް ސައުންޑާސްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެ، ގްރޫޕްގެ އެއްވަނައިގައި ޕީއެސްޖީ ކްލަބް ވޯލްޑް ކަޕްގެ 16 ގަދަ އަށް ދަތުރުކޮށްފިއެވެ. އަދި ރޭގައި ކުޅުނު މެޗުން ބޮޓަފޮގޯ އަތުން ހަނިގޮތަކަށް އެތްލެޓިކޯ މޮޅުވިނަމަވެސް އެޓީމުވަނީ މުބާރާތާއި އަލްވަދާޢުކިޔާފައެވެ.

މިގްރޫޕްގައި ޕީއެސްޖީއާއި ބޮޓަފޮގޯ އަދި އެތްލެޓިކޯ މެޑްރިޑް، ތިން ޓީމަށްވެސް މި ގްރޫޕްގައި 6 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ގްރޫޕްގައި ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އަދި މިގްރޫޕްގައި ޕީއެސްޖީ އަތުން ބޮޑު ތަފާތަކުން ބަލިވެފައިވާ އެތްލެޓިކޯ މެޑްރިޑް ޕޮއިންޓްގުގެ ގޮތުން ބޮޓަފޮގޯ އާއި ހަމަހަމަ ވީނަމަވެސް، އެތްލެޓިކޯ މެޑްރިޑް މުބާރާތުން ވަކިވެފައިވަނީ ފައިދާ ގޯލުތައް މަދުވުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިއުމެން ފީލްޑްގައި ކުޅުނު ޕީއެސްޖީގެ މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ ކްވިޗާ ކްވަރަޓްސްކެލިއާއެވެ. އަދި ދެވަނަ ހާފުގައި އަޝްރަފް ހަކީމީ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

މިގްރޫޕްގައި އެތްލެޓިކޯ މެޑްރިޑް އަށް މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޓަފޯގޯއާ ދެކޮޅަށް ކުޅުނު މެޗުން މަދުވެގެން 3 ލަނޑުން މޮޅުވާން ޖެހުނުނަމަވެސް، އެތްލެޓިކޯއަށް ބޮޓަފޮގޯ ގެ ގޯލު ފޫއަޅުވާލެވޭގޮތްވީ މެޗު ނިމޭން ތިން މިނެޓަށް ވެފައިވަނިކޮށެވެ.މިގޯލު ކާމިޔާބުކޮށްދިނީ އެންޓޮން ގްރީޒްމަންއެވެ.

Screenshot 2025-06-24 082859.png

މިއީ ސިމިއޯނީގެ އިރުޝާދުގެ ދަށުން މުބާރާތެއްގެ ގްރޫޕް ސްޓޭޖުން އެތްކެޓިކޯ މެޑްރިޑް ކެޓި 3 ވަނަ ފަހަރު

 

މިމުބާރާތުގައި ގަދަ 16 ގައި ޕީއެސްޖީއިން މެސީގެ އިންޓަރ މަޔާމީ އާއި ވާދަކުރަންޖެހޭއިރު، ބްރެޒިލްގެ ބޮޓަފޮގޯ ވާދަކުރަންޖެހޭނީ ބްރެޒިލްގެ ޕަލްމެއިރާސް އާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮނު އެރުވުމަށްފަހު ދަނޑަށް ނިކުތް ޔަމާލްއާއި ބާސާއަށް، ޕީއެސްޖީގެ ބެންޗުޓީމުން ފިލާވަޅެއް ނަގައިދީފިކުޅިވަރު | 14 ދުވަސް ކުރިންސިމިއޯނީ އެލަންސޯއަަށް ބޯޅަ ކުޅޭގޮތުގެ ފިލާވަޅެއް ނަގައިދީ ރެއާލް ލަދުގަންނަވާލައިފިކުޅިވަރު | 18 ދުވަސް ކުރިންޓޮޓްނަމް ބަލިކޮށް ޕީއެސްޖީއިން ފުރަތަމަ ފަހަރަށް ޔުއޭފާ ސުޕަކަޕް ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިންޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން ޑޮނަރުމާ އިޢުލާންކޮށްފިކުޅިވަރު | 2 މަސް ކުރިން