logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީ

ޝަހްޒާ މުހައްމަދު
24 ޖޫން 2025 - 05:05
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީ

ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ކުރުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމަށް ކަމާބެހޭ ވަޒީރުންނަށް އަންގަވާފައިވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ އައު ފިޔަވަޅެކެވެ.

ދުންފަތުގެ އިސްތިއުމާލުން މުޖުތަމައު ސަލާމަތްކުރުމަށް މި ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ވޭޕް އަދި އިލެކްޓްރޯނިކް ސިގިރެޓް ރާއްޖެ އެތެރެކުރުން މަނާކުރުމާއި، "ޖެނެރޭޝަނަލް ބޭން" ހިމެނެއެވެ. ،މި ސިޔާސަތުގެ ދަށުން 2005 ވަނަ އަހަރުގެ ފަހުން އުފަން ވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

މިހާރު ހުށަހެޅިފައިވާ އައު އިނާޔަތުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ރައްޔިތުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްތައް ދުންފަތުން މުޅިން ސަލާމަތްވެފައިވާ ރަށްތަކަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިންރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމު: ރައީސްޚަބަރު | 10 ގަޑިއިރު ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 16 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި ޚަބަރު | 17 ގަޑިއިރު ކުރިން