logo
Bank of Maldives

Bank of Maldives

ކުޅިވަރު

މަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްތް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކައިން ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
24 ޖޫން 2025 - 08:42
ފިރިހެން ޑިވިޝަނުގެ ޗެންޕިއަންޓީމް (މ) ފެނަކަ އަދި ރަނަރަފް ޓީމު (ތ)
ފިރިހެން ޑިވިޝަނުގެ ޗެންޕިއަންޓީމް (މ) ފެނަކަ އަދި ރަނަރަފް ޓީމު (ތ)

މަޤޫދޫ ހެލްތް ސެންޓަރުގެ 50 އަހަރުގެ ޔޫބީލް ފާހަގަކުރުމުގެ ގޮތުން އިންތިޒާމްކޮށްގެން ބޭއްވި މުއައްސަސާ ކަޕްގެ އަންހެން ޑިވިޝަން ހެލްތް ސެންޓަރުން އަދި ފިރިހެން ޑިވިޝަން ފެނަކައިން ވަނީ ކާމިޔާބުކޮށްފައެވެ.

މަޤޫދޫގެ ސަރުކާރުގެ މުއައްސަސާތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވާ މި މުބާރާތުގައި މިއަހަރު ވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެން ވޮލީ މެޗުތަކެއް ކުޅެފައެވެ. މި ގޮތުން ދެ ޑިވިޝަނުގައިވެސް ޖުމްލަ 4 ޓީމު ވަނީ ވާދަކޮށްފައެވެ. ކޮންމެ ޓީމެއްގައިވެސް އާންމުންގެ ތިން ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޫން މަހުގެ 15 އިން 23 އަށް ކުރިއަށް ގެންދެވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ހެލްތް ސެންޓަރުގެ ޓީމުން ވަނީ ކައުންސިލްގެ ޓީމު ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލުގައި ފެނަކައިގެ ޓީމުން ވަނީ ހެލްތް ސެންޓަރުގެ ޓީމު ބަލިކޮށް އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައެވެ.

download (4).png

އަންހެން ޑިވިޝަނުގެ ޗެންޕިއަން ޓީމު (ހެލްތް ސެންޓަރ / މަތީގައި) އަދި ރަނަރަފް ޓީމު ކައުންސިލް (ތިރީގައި)

download (5).png

މުބާާރާތުގެ ދެޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިން.

 

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ މަޤޫދޫގެ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމެވެ. މި މުބާރާތަކީ މަޤޫދޫ ހެލްތް ސެންޓަރުގެ 50 އަހަރުގެ ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ މަރުކަޒުން އިންތިޒާމްކޮށްގެން ބޭއްވި ޚާއްސަ މުބާރާތެކެވެ.
މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 15 އިން 23 އަށް މަގޫދޫ ވޮލީ ކޯޓުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިންމަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފިޚަބަރު | 2 މަސް ކުރިންމަޤޫދޫ މުއައްސަސާކަޕްގެ އަންހެން ޑިވިޝަން ހެލްޓް ސެންޓަރ އަދި ފިރިހެން ޑިވިޝަން ފެނަކަ އިން ކާމިޔާބުކޮށްފިކުޅިވަރު | 3 މަސް ކުރިން‎ހަވާ އެރުވުމާއެކު، މަގޫދޫގައި އީދު ކުލަގަދަކޮށް ފާހަގަކުރަނީޚަބަރު | 4 މަސް ކުރިން