logo
Bank of Maldives

Bank of Maldives

ޚަބަރު

އާރް.ޓީ.އެލްގެ ޚިދުމަތް މާދަމާއިން ފެށިގެން ރ. އަތޮޅުގައި ފަށަނީ

ހުސައިން ވަސީމް
25 ޖޫން 2025 - 05:06
އާރް.ޓީ.އެލްގެ ޚިދުމަތް މާދަމާއިން ފެށިގެން ރ. އަތޮޅުގައި ފަށަނީ

 ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް މާދަމާއިން ފެށިގެން ރ. އަތޮޅުގައި ރަސްމީކޮށް ފެށޭނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، "ޒޯން 2" ގައި ހިމެނޭ ރ. އަތޮޅަށް މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. 

Ad by Hajj Corporation

Ad by Hajj Corporation

   އާރުޓީއެލް ޚިދުމަތް ފެށުމުގެ ގޮތުން، ރ. އަތޮޅުގެ ރައްޔިތުންނަށް އާރް.ޓީ.އެލްގެ ދަތުރުތަކަށް އަހުލުވެރިކުރުވުމަށް ޖޫން 26 އިން ޖުލައި 2 ގެ ނިޔަލަށް ދަތުރުތައް ކުރިއަށްގެންދާނީ ހިލޭ އެވެ.އެއަށްފަހު ޖުލައި 3 އިން ފެށިގެން އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ.

ފަސޭހަކަމާއިއެކު ޓިކެޓް ގަތުމަށް އާރް.ޓީ.އެލްގެ ވެބްސައިޓާއި، މޯބައިލް އެޕް މެދުވެރިކޮށް، ފަސޭހަކަމާއެކު ޓިކެޓް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. 

މި މަޝްރޫޢުގެ ދަށުން، ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ރ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެއް ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެ އެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއެވެ. މި މަޝްރޫޢުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، 6 ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. 

މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމެވެ. މި ޚިދުމަތް ފުޅާވުމަކީ ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެ އެވެ.

އެމްޓީސީސީ އިން އާރުޓީއެލްގެ ހިދުމަތް މީހުން ދިރިއުޅޭ 14 ރަށަކަށް މިހާރު އަންނަނީ ދެމުންނެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެދެވޭގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމު: ވަޒީރު އަމީންޚަބަރު | 11 ގަޑިއިރު ކުރިންބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ނިމޭނެޚަބަރު | 12 ގަޑިއިރު ކުރިން10 ރަށެއްގައި ކުޅިވަރުގެ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށް ކުޅިވަރު | 2 ދުވަސް ކުރިންށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | 5 ދުވަސް ކުރިން