logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ހުސައިން ވަސީމް
25 ޖޫން 2025 - 05:51
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން އައްޑު ސިޓީގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

"އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި ކުރިއަށްގެންދާ މި އޮރަޕޭޝަނަކީ އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑް އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

މިއ،ީ ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ގާނޫނީ މަގަށްއުޅުވުމަށްޓަކާ ކުރެވޭ މަސައްކަތެއްކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ. އިމިގްރޭޝަނުން ބުނީ އައްޑޫ ސިޓީއަކީ އާބާދީ ބޮޑު ، އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއްކަމުގައިވާތ،ީ މި ރެއިޑ އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އައްޑޫ ސިޓީއަށް އަމާޒު ކޮށްގެން ކަމަށެވެ.

އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑް އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހު ގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވެއެވެ. އަދި އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވެއެވެ.

ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދާ މި އޮޕަރޭޝަންގައ،ި ގަވާއިދާ ހިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގެ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެއެވެ . އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ދެވޭނެއެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް ފުޅާކޮށ،ް ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ ، އެފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް އެކެއް ރުއްގަނޑު ސަރަހައްދުން 5 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންބައު ދަނގަނޑުގެ ވިޔަފާރިކުރި 14 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިންއިމިގްރޭޝަންގެ ރީޖަނަލް އޮފީސްތަކުން މިދިޔަ މަހު 900 އަށް ވުރެން ގިނަ ޕާސްޕޯޓް ދޫކުރިޚަބަރު | 8 ދުވަސް ކުރިންމިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިޚަބަރު | 9 ދުވަސް ކުރިން