logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށް އާރުޓީއެލްގެ ޚިދުމަތް ލިބޭނެ - ރައީސް

އަޙްމަދު ޒަލީފް
26 ޖޫން 2025 - 08:55
މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށް އާރުޓީއެލްގެ ޚިދުމަތް ލިބޭނެ - ރައީސް

މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދު ފުދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ.އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ވީ ވަޢުދާ އެއްގޮތަށް، މިއަދު ރ. އަތޮޅު ފެރީ ޚިދުމަތް ފަށާފައިވާކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.

ރައީސް ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދާ އެއްގޮތަށް މިއަދު އެ އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށިގެންދާނެ ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައިވެސް މި ޚިދުމަތް ފައްޓަވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސަރުކާރުގެ ޢަމާޒާ އެއްގޮތަށް ދެން ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދުވެސް ފުދިގެންދާނެކަމަށާއި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށިގެން ދިއުމާ ގުޅިގެން އަތޮޅުގެ ރައްޔިތުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

5 އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިމަހު ފަށަނީޚަބަރު | މަހެއް ކުރިންއާރްޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާ ދީފިޚަބަރު | 2 މަސް ކުރިންބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މި މަސް ނިމުމުގެ ކުރިން ފަށަނީޚަބަރު | 3 މަސް ކުރިންއުތުރުގެ 3 އަތޮޅުގައި ހަދާފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކޮށްފި ޚަބަރު | 3 މަސް ކުރިން