logo
ޚަބަރު

އިރާނުން ރަސްމީކޮށް ނަސްރު އިއުލާނުކޮށްފި

އާމިނަތު ޝަފާ
26 ޖޫން 2025 - 12:41
އިރާނުން ރަސްމީކޮށް ނަސްރު އިއުލާނުކޮށްފި

އެމެރިކާއާއި ސަހުޔޫނީ ޔަހޫދީންގެ މައްޗަށް ނަސްރާއި ފަތަހަ ލިބިފައިވާކަން އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ މިއަދު އިއުލާނުކުރައްވައިފިއެވެ.

އިރާން- އިސްރާއީލު ހަނގުރާމަ މެދުކަނޑާލުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާތަކާ މުހާތަބުކުރައްވަމުން ހާމަނާއީ ވިދާޅުވީ ދިރި ދުނިޔޭގައި ހުންނެވިހާ ދުވަހަކު ދުޝްމަނުންނަށޤ އަމާން ނުދެއްވާނެކަމަށާއި އެމީހުންގެ ކުރިމަތީގައި ބޯވެސް ގުދުނުކުރާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާގެ މައްޗަށްވެސް އަދި ސަހުޔޫނީންގެ މައްޗަށް ވެސް ކާމިޔާބާއި ފަތަހަ ލިބިފައިވާތީ އިރާނު އަސްކަރިއްޔާއާއި، އިރާނުގެ ރައްޔިތުންނާއި، މުޅި އިސްލާމީ އުއްމަތަށް ހާމަނާއީ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އިސްރާއީލަށް ވާގިވެދިނުމަށް އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަދެގަތުމުން އެމެރިކާއަށްވެސް ލިބުނީ ގެއްލުންކަމަށާއި ހަގުރާމައިގެ ތެރެއިން އެމެރިކާގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރަކުން އިރާނުން ޖަހާފައިވާކަމަށް ހާމަނާއީ ވިދާޅުވިއެވެ.

ހާމަނާއިގެ ވާހަކަފުޅުގައި އެމެރިކާއަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހާމަނާއީ ވަނީ ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ލޭއޮހޮރުވުންތައްވެސް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ޔަހޫދީންގެ މައްޗަށް ހޯދުނު ކާމިޔާބީ ފާހަގަކުރުމަށް އެންމެ ފުރަތަމަ މަގުތަކަށް ނުކުތް ބަޔަކީ އިރާނުގެ ރައްޔިތުންނެވެ.

އިރާނު ރައްޔިތުން ބުނީ ހަނގުރާމައިގެ އަގު އަދާކުރީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށްޓަކައި އިރާނު ރައްޔިތުންކަމަށެވެ. އެއާއެކު އެ ރައްޔިތުންވަނީ ހާމަނާއީއާއި އިރާނުގެ އަސްކަރީ ލަޝްކަރަށް ޝުކުރު އަދާކޮށްފައެވެ.

ހޫތީންނާއި ހަމާސްއިން ވެސް ދަނީ އިރާނުގެ ނަސްރުގައި ބައިވެރިވަމުންނެވެ.

ޔަހޫދީންގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން ހަމާސްއިން ޔަހޫދީންނާ ދެކޮޅަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކާއެކު ފެށި ހަނގުރާމައިގައި ވެފައިވާ ގެއްލުމުގެ 2 ގުނަ މި ހަނގުރާމައިގައި އިރާނުގެ ކިބައިން ވެފައިވާކަމަށް ޔަހޫދީންވެސް އަންނަނީ ބުނަމުންނެވެ.

އިރާނުން ވަނީ އިސްރާއީލަށް 1.47 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ދީފައެވެ .

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި ދުނިޔެ | 14 ދުވަސް ކުރިންކުޑަކުދިން ޝަހީދުކުރާ ބަޔަކަށް ހަނގުރާމައިން ނަސްރެއް ނުލިބޭނެ: އިރާން ދުނިޔެ | މަހެއް ކުރިންއިސްރާއީލަކީ މެދުއިރުމައްޗަށް ދިމާވެފައިވާ މުސީބާތެއް: އައްބާސް އަރާގްޗީޚަބަރު | 2 މަސް ކުރިންއިރާނުގެ ކިބައިން ސަލާމަތްވީ ހަނި ފުރުސަތަކުންކަމަށް ޔަހޫދީން ބުނެފި ޚަބަރު | 2 މަސް ކުރިން