logo
MPL

MPL

ކުޅިވަރު

ގްރޫޕްގެ އެއްވަނައިގައި ރެއާލް ގަދަ 16 އަށް، ވާދަކުރާނީ ޔުވެންޓަސްއާއި ދެކޮޅަށް

އަބްދުﷲ ޣާނިމް
27 ޖޫން 2025 - 03:49
ސޯލްޒްބާގް އާއި ދެކޮލަށް ރެއާލް ކުލުނު މެޗުގެ ތެރެއިން ވިނީ ގޯލުޖަހަނީ - ފޮޓޯ: އަލް ޖަޒީރާ
ސޯލްޒްބާގް އާއި ދެކޮލަށް ރެއާލް ކުލުނު މެޗުގެ ތެރެއިން ވިނީ ގޯލުޖަހަނީ - ފޮޓޯ: އަލް ޖަޒީރާ

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގެ ފަހު މެޗުގައި ރެޑް ބުލް ސޯލްޒްބާގް އާއި ދެކޮޅަށް ކުޅެ 3-0 އިން މޮޅުވެއްޖެއެވެ، މިމޮޅާއެކު ރެއާލް މެޑްރިޑް މުބާރާތުގައި ގަދަ 16 ގައި ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ޔުވެންޓަސް އާއި ދެކޮޅަށެވެ.

ފިލަޑެލްފިއާގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި ވިނިސިއަސް ޖޫނިއާ އަދި ފެޑެރިކޯ ވަލްވަރްޑޭ ވަނީ ގޯލު ޖަހާފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓްގައި ގޮންޒާލޯ ގާސިއާ ވަނީ ރެއާލްގެ ތިންވަނަ ގޯލު ޖަހައިދީފައެވެ. މިއީ މުބާރާތުގެ ފުރަތަމަ މެޗުގައި އަލް ހިލާލް އާއި ދެކޮލަށް އެއްވަރުވުމަށްފަހު، މިމުބާރާޓިގައި ޖެހިޖެހިގެން ރެއާލް އަާް ލިބުނު ދެވަނަ މޮޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއާއެކު ސޯލްޒްބާގް ވަނީ މުބާރާތުން ވަކިވެފައެވެ.މި ގްރޫޕްގައި ސައުދީ އަރަބިއާގެ އަލް ހިލާލް މެކްސިކޯގެ ޕަޗޫކާއާއި ދެކޮޅަށް ކުޅެ 2-0 އިން މޮޅުވެ، ޕޮއިންޓް ތާވަލުގައި ދެވަނަ ހޯދައިގެން ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

ޔުވެންޓަސް އާއި ރެއާލް މެޑްރިޑް އެންމެ ފަހުން ވާދަކުރި 5 މެޗުގެ ތެރެއިން ރެއާލް ދެ މެޗުން މޮޅުވެފައިވާއިރު، ޔުވެންޓަސް ވެސް ވަނީ ދެމެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރުވެފައެވެ.

މިމެޗާއެކު ގަދަ 16 އަށް ވާދަކުރާ ހުރިހާ ޓީމެއް ޔަގީންވެފައިވާއިރު، މުބާރާތުގައި ވާދަކުރާ ހުރިހާ ބްރެޒިލްގެ ޓީމެއް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

511273226_1056572713272648_8654986068260959929_n.jpg

މުބާރާތުގެ ނޮކްއައުޓް ކުޅެން ހަމަޖެހިފައިވާ ގޮތް

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ ސީޒަން ހުސްއަތާ ނިންމާލި ރެއާލް މެޑްރިޑުން ތިން ވަނަ ސީޒަން ފެށީވެސް ކަރުތާފެނުގައި ކުޅިވަރު | 2 ދުވަސް ކުރިންހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 18 ދުވަސް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | 18 ދުވަސް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | 18 ދުވަސް ކުރިން