logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަރޕޫލް މާކް ގުއެހީ ސޮއިކުރުމާއި ގާތަށް

އަބްދުﷲ ޣާނިމް
27 ޖޫން 2025 - 04:38
އިނގިރޭސި ޑިފެންޑަރ މާރކް ގުއެހީ ގެ ސޮއި ހޯދުމަށް ލިވަރޕޫލުން ދަނީ މަސައްކަތްކުރަމުން -
އިނގިރޭސި ޑިފެންޑަރ މާރކް ގުއެހީ ގެ ސޮއި ހޯދުމަށް ލިވަރޕޫލުން ދަނީ މަސައްކަތްކުރަމުން -

ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މާކް ގުއެހީ ގެނައުމަށް 30 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއް ހުށަހަޅައިފިއެވެ. މިގޮތުން މިކުޅުންތެރިޔާގެ ސޮއި ހޯދުމާއި ގާތުގައި ވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

24 އަހަރުގެ އިނގިރޭސި ޑިފެންޑަރާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ލިވަރޕޫލްގެ ރެކްރޫޓްމަންޓް ޓީމުން ހާމަކޮށްފައިވެއެވެ. ގުއެހީ އަކީ މިދިޔަ މޭ މަހު ކްރިސްޓަލް ޕެލަސް އެފްއޭ ކަޕް ކާމިޔާބުކުރުމުގައި ޓީމުގެ ކެޕްޓަންކަން ކުރި ކުޅުންތެރިއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެލްހަރސްޓް ޕާކުގައި އޭނާގެ ކޮންޓްރެކްޓަށް އަދި އަހަރެއް ބާކީ އޮތްއިރު، އިތުރަށް ކޮންޓްރެކްޓް އައުކުރުމުގެ ޝައުގުވެރިކަމެއް ގުއެހީ ދައްކާފައެއް ނުވެއެވެ. އެހެންކަމުން ލިވަރޕޫލަށް އޭނާ ގެނައުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް ބެލެވެއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސި ޓީމުގައި ތަމްސީލުކުރުމުގެ އުއްމީދުގައި ހުރި ގުއެހީއަށް، ލިވަރޕޫލްގައި ގަވާއިދުން ކުޅުމުގެ ފުރުސަތު ބޭނުންވާނެކަމަށް ބެލެވެއެވެ.

މިލޮސް ކަރކެޒް، ޖެރެމީ ފްރިމްޕޮންގް އަދި ފްލޯރިއަން ވަރޓްޒް ފަދަ ކުޅުންތެރިން ފަހުން ސޮއިކުރުމަށްފަހު، ގުއެހީ ގެނައުމަކީ ލިވަރޕޫލްގެ ޑިފެންސަށް ލިބޭނެ ވަރަށް މުހިންމު އިތުރުވުމެއް ކަމުގައި ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ލައިޓް 2.0 މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފިކުޅިވަރު | 2 ދުވަސް ކުރިންރެކޯޑް އަދަދުތަކާއެކު ޕްރީމިއަރ ލީގު އަދި ލަލީގާގެ ޓްރާންސްފާ މާކެޓް ނިންމާލައިފިކުޅިވަރު | 15 ދުވަސް ކުރިންއާސެނަލް ދޫކޮށް މާޓިނެއްލީ އަލް ހިލާލް އަށްކުޅިވަރު | 15 ދުވަސް ކުރިންވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިކުޅިވަރު | 22 ދުވަސް ކުރިން