logoEN
ޚަބަރު

ހައުސިންގެ ކުލި ނުދައްކާތީ، އެހެން މީހުންގެ ބޯހިޔާވަހިކަމުގެ ޙައްޤަށް ހުރަސްއެޅޭ: ވަޒީރު މުއްތަލިބު

[އާކައިވް] ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދު --

[އާކައިވް] ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދު --

އިޖްތިމާއީ ބޯހިޔާވަހިކަމުގެ ގޮތުގައި ސަރުކާރުން ދޫކުރާ ފްލެޓްތައް ލިބޭ ފަރާތްތަކުން، އެ ފްލެޓްތަކަށް ކުލި ނުދެއްކުމަކީ އެހެން މީހުންނަށް ލިބެން ޖެހޭ ބޯހިޔާވަހިކަމުގެ ޙައްޤަށް އެޅޭ ހުރަހެއް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިޖްތިމާއި ބޯހިޔާވަހިކަމަށް ޚާއްސަކޮށްދޭ އެފަދަ ކޮންމެ މަޝްރޫއެއް ވެސް ހިންގަނީ ލޯނުތައް ނަގައިގެން ކަމަށާއި، އެ ލޯނުތައް ނެގުމަށް ޕްރޮޕޯޒަލްތައް ހުށަހަޅަނީ އެ މަޝްރޫއުތަކަކީ ފީޒިބަލް މަޝްރޫއުތަކެއްކަމުގައި ދެކިގެން ކަމަށެވެ.

އެގޮތުން އެކަން ނިންމަނީ އެތަންތަނުން ލިބޭނެ ކުއްޔަށް ބަލައިގެން ކަމަށާއި، ކުލީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރަނީ ބޭންކާއި ކޮންޓްރެކްޓަރާއެކު ހެދިފައި އޮންނަ އެސްކްރޯ އެކައުންޓަކަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

undefinedގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް

ޚާއްސަކޮށް ހިޔާ ފްލެޓް މަޝްރޫއުގެ ވާހަކަ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، އެ 7،000 ފްލެޓްގެ ކުލިން ލިބޭ ފައިސާ ވެސް ވަންނަނީ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، އެ ފައިސާތައް ވަންނަ އަދަދު އެ ބޭންކަށް އެނގޭނެ ކަމަށެވެ. ހަމަ އެ ބީދާއިން، ގެދޮރުވެރިޔާގެ ދަށުން އިންޑިޔާގެ ކުންފުނިތަކާއި ހަވާލުކޮށްގެން ހިންގާ 4،000 ފެލްޓްގެ މަޝްރޫއުގައި ވެސް، ކުލި ޖަމާކުރަނީ އިންޑިޔަން އެގްޒިމް ބޭންކުގެ އެސްކްރޯ އެކައުންޓަކަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި އެކަންތައް އެހެން އޮންނައިރު، އެފަދަ މަޝްރޫއުތަކަށް ލިބެންޖެހޭ ކުލި ނުލިބުމުގެ ސަބަބުން ގިނަ މައްސަލަތައް ނުކުންނަކަން ފާހަގަކުރައްވައި ވަޒީރު ވަނީ، އެކަމަކީ ދައުލަތަށް އިތުރު ލޯނުތައް ނަގައިގެން ބޯހިޔާވަހިކަން ބޭނުންވާ އެހެން މީހުންނަށް އެކަން ކުރުމުގެ ފުރުސަތު ހަނިކޮށްދޭކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިޖްތިމާއީ ބޯހިޔާވަހިކަމުގައި ދޫކުރަނީ ޢާންމުކޮށް ވަރަށް ކުޑަ ކުއްޔެއްގައި ކަމަށާއި، އެ ކުއްޔަށް ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން، ބޯހިޔާވަހިކަން ބޭނުންވާ އިތުރު ފަރާތްތަކުގެ ޙައްގު ވެސް ގެއްލޭކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި އެ ލޯނުތަކަށް ފައިސާ ހޯދުން ވެސް މިހާރު ދަތިކަމަށާއި، ކުލީގެ ފައިސާ ނުލިބޭތީ އެހެން ލޯނުތައް ހޯދުން ވެސް ދަތިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އެފަދައިން ވިދާޅުވިއިރު، އިޖްތިމާއީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަކުގެ ތެރެއިން، ހުޅުމާލޭގައި އެކަނި ވެސް އިމާރަތްކޮށްފައިވާ ފެލްޓްތަކުން ކުލީގެ ގޮތުގައި 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބޭކަން އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. އަދި އެ ފްލެޓްތަކަށް ކުލި ހޯދުމަށް، ނޯޓިސް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder