logoEN
ވިޔަފާރި

ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ދެ މަހަށް ހުއްޓާލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

29 ޖޫން 2025 - 18:37

ތައިލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ބެންކޮކް އެއާވޭސްއިން އަންނަ ޖުލައި މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.

ބެންކޮކް އެއާވޭސްގެ ވެބްސައިޓުން ދައްކާ ގޮތުގައި، އެ އެއާލައިނުން އަންނަ އަންގާރަ ދުވަހުން ފެށޭ ޖުލައި މަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ތައިލެންޑާއި ރާއްޖެއާ ދެމެދު ދަތުރުތައް ނުކުރާނެއެވެ. ނަމަވެސް ސެޕްޓެންބަރު މަހުން ފެށިގެން އެ އެއާލައިނުން އަނެއްކާވެސް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް ވެބްސައިޓުން ދައްކައެވެ.

ދަތުރުތައް މެދުކަނޑާލުމުގެ ސީދާ ސަބަބެއް ބެންކޮކް އެއާވޭސްއިން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

މި ނިންމުމާ ގުޅޭގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ދަތުރުތައް މެދުކަނޑާލަނީ ފަތުރުވެރިކަމުގެ މާކެޓު މިހާރު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ. އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ މިހާރު ފަތުރުވެރިކަމުގެ މާކެޓު އޮތް ހާލަތުގެ ސަބަބުން ކަމަށާއި، އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ފިރާގު ގަބޫލުކުރައްވާ ގޮތުގައި އެ އެއާލައިނާއެކު މަޝްވަރާކޮށް، ސެޕްޓެންބަރު މަހަށް ވުރެ އަވަހަށް އަލުން ދަތުރުތައް ފަށަން އެއްބަސްކުރެވިދާނެއެވެ.

އަހަރުގެ މިހާތަނަށް 1,097,729 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.

ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހީން ޗުއްޓީއަށާއި ވިޔަފާރިއަށް ވެސް ދާ ގައުމެކެވެ. އަދި އެ އެއާލައިނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް މާކެޓްކަމަށްވާ ޗައިނާގެ ފަތުރުވެރިން ވެސް ގިނައަދަދަކަށް ބޭނުންކުރާ އެއާލައިނެކެވެ. ތައިލެންޑުން ވެސް މަހެއްގެ މައްޗަށް ރާއްޖެއަށް 1،000އާއި 2،000އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރެއެވެ.

ކޮމެންޓް

871x217_placeholder