ޕީއެސްޖީއިން އިންޓަރ މަޔާމީ ހަމަބިމަށް ތިރިކޮށް ކުއާޓަރ ފައިނަލަށް

އިންޓަރ މަޔާމީއާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ޕީއެސްޖީ

29 ޖޫން 2025 - 19:08
ފީފާ ކުލަބް ވޯލްޑްކަޕުން ނުކިއްސަރު ގޮތަކަށް ފީފާގެ ރައީސް ޖާގައެއް ހޯދައިދިން އިންޓަރ މަޔާމީ ލަދުވެތިގޮތަކަށް މުބާރާތާއި އަލްވަދާޢު ކިޔަންޖެހިއްޖެއެވެ. ކޮންމެ ކޮންޓެނިންޓެއްގެ ޗެންޕިއަންސް ލީގުގެ އެންމެ ވަރުގަދަ ޓީމުތަކަށް ކޮލިފައިވެވޭ މިމުބާރާތުގެ ޖާގައެއް ފީފާއިން މަޔާމީއަށް ދިނީ އެމެރީކާގެ ލީގު ފޭސްގައި ސަޕޯޓަރސް ޝީލްޑް މަޔާމީއިން ކާމިޔާބުކުރުމާއެކުގައެވެ.
ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ގައި ޔޫރަޕުގެމިރޭ ޗެންޕިއަން ޕެރިސް ސެއިންޓް ޖަރމޭން (ޕީއެސްޖީ) އިން ވަނީ މަޔާމީ 4-0 އިން ބަލިކޮށްފައެވެ. މިމެޗުގައި ފުރަތަމަ ހާފުގައި ޕީއެސްޖީއިން ތަފާތު މޮޅުކުޅުމެއް ކުލެފައިވާއިރު، ދެވަނަ ހާފުގައި މަޔާމީގެ ފަރާތުން ކޮންމެވެސް ވަރަކަށް ޕީއެސްޖީގެ ގޯލާއި ހަމައަށް ބޯޅަ ވަނީ ގެންދެވިފައެވެ.
މެޗުގެ ހުރިހާ ގޯލެއްވެސް ފުރަތަމަ ހާފުގައި ފެނިގެންގޮސްފައިވާއިރު، ޕޯޗުގަލްގެ ޖޮއާއޯ ނެވެސް ވަނީ 2 ލަނޑު ޖަހާފައެވެ. އަދިޑެސިރޭ ޑޮއުއޭ އާއި އަޝްރަފް ހަކީމީ ވެސް ވަނީ ލަނޑު ޖަހާފައެވެ.
މެޗުތެރެއިން ފީފާގެ ރައީސް އިންފަންޓީނޯ
ފުޓްބޯޅައިގައި މިހާތަނަށް އުފެދިފައިވާ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަބަޔަކު ޤަބޫލުކުރާ މެސީ މިހާރުވަނީ ފުޓްބޯޅައިގައި ހޯދޭނެ ހުރިހާ ތަށްޓެއްހެން ކާމިޔާބުކޮށް ފުޓްބޯޅަ ފުރިހަމަކޮށްފައެވެ. މެޗުގައި ޕީއެސްޖީގެ ފުރަތަމަ 11 ގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާއިރު، 38 އަހަރުގެ މެސީއާއެކު މަޔާމީ ޓީމުގައި ގިނައިން ހިމެނިފައިވަނީ ރިޓަޔާ ކުރާ އުމުރުގެ ފުޓްބޯޅަ ލެޖެންޑުންނެވެ.
މިރޭގެ މެޗުން ޕީއެސްޖީ މޮޅުވުމާއެކު ކުއާޓަރ ފައިނަލުގައި ޕީއެސްޖީއާއެކު ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ ފްލެމިންގޯ އާއި ބަޔާން ވާދަކުރާ މެޗަށްފަހުގައެވެ.
އިތުރު ލިޔުންތައް

އިންޖަރީއަށް ފަހު މެސީ އެނބުރި ގައުމީ ޓީމަށް
9 މަސް ކުރިން
37 އަހަރުގައި ވެސް މެސީ ދެއްކީ ތަފާތު، މެޗު ނިންމާލީ ހެޓްރިކެއް ހަދައިގެން
8 މަސް ކުރިން
މެސީގެ ކެރިއަރު ނިންމާލަން ވިސްނަނީ
8 މަސް ކުރިން