ތައުލީމީ އަދި ސިއްހީ މަސައްކަތްތެރިންނަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީ ސަރުކާރުން: ސުޖާއު


30 ޖޫން 2025 - 05:25
ރާއްޖޭގެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ އެމްޑީޕީ ސަރުކާރުން ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު ވިދާޅުވެއްޖެ އެވެ.
ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ޞިއްޙީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި ޢަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ހުށަހަޅުއްވާފައިވާ ގަރާރަށް ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ އެމްޑީޕީ ސަރުކާރުން މުދައްރިސުންގެ މުސާރަޔަށް ގެނެސްދިން ކުރިއެރުމަކީ 2377 ރުފިޔާގެ ކުރިއެރުމެއް ކަމަށެވެ. އެ ކުރިއެރުން ގެނެސް ދިނުމަށް ފަހު ތަކެތީގެ އަގުބޮޑުކޮށްލާ ދިން އެތިކޮޅު އަނބުރާ އެމްޑީޕ ސަރުކާރުން "ކާލީ" ކަމަށް ސުޖާއު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދިން މުސަރައަށް ވުރެ ތަކެތީގެ އަގު ބޮޑު ކޮށްލި ކަމަށް ސުޖާއު ވިދާޅުވި އެވެ. ސުޖާއު ވިދާޅުވީ މީ އެމްޑީޕީ ސަރުކާރުން ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާއަށް ދީފައި އޮތް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
އެބޭފުޅުން މުސާރައިގެ ކުރިއެރުން ގެނެސް ދިނީ 13000 ރުފިޔާއިން އެއީ 2377 ރުފިޔާގެ ކުރިއެރުން މިކުރިއެރުން ދީފަ ހެދި ގޮތަކީ ކިރުދަޅުން އަގު ބޮޑު ކުރީ ނެޕީ ބޮނޑިން އަގު ބޮޑު ކުރީ ދިން އެތި ކޮޅު މިބޭފުޅުން އަމިއްލަ ޖީބަށް މިލީ ދިން އެތިކޮޅު އަނބުރާ ކާލީ މީ އެމްޑީޕީ ސަރުކާރުން ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ދީފައޮތް ވަރަށް ބޮޑު އަނިޔާއެއް މި ސަރުކާރުން ރައީސް މުއިއްޒު އިސްލާހު ކުރުމަށް މަސައްކަތް ުރާކަން އަމީން މެން ކަހަލަ މެމްބަރުންނަށް އިނގިގެން ކުރިޔާލާ މީގެ ކްރެޑީޓް ހޯދަން ހުށަހަޅައިގެން އުޅޭ ގަރާރެއްގޮތުގަ އަޅުގަނޑަށް ސިފަވަނީ
ސުޖާއު ވިދާޅުވީ މުދައްރިސުންނާ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ގިނަވަގުތު މަސައްކަތުގައި އުޅެންޖެހޭ ގޮތަށް އޮނިގަނޑު ހަދާ އެގޮތަށް މަސައްކަތް ކުރަން މަޖުބޫރު ކުރުވީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި ކުރިން ލިބެމުން ދިޔަ މުސާރައާއި އިނާޔަތްތައް ކަނޑާލި ކަމަށާ އެމްޑީޕީ ސަރުކާރު ނިމިގެން ދިޔަ އިރު ހައްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު ދިނުމަށް އެންމެ މުދައްރިސެއްވެސް ތަމްރީނު ނުކުރެވުނު ކަމަށް ސުޖާއު ވިދާޅުވި އެވެ.
މުދައްރިސުންނާ ސިއްހީ ދާއިރާގެ މަސައްކަތްތެރިން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރާތީވެ މި ސަރުކާރުން ބާރު އެޅީ ހުކުރު ހޮނިހިރު ދުވަހު މަސައްކަތުގައި ގިނަ ވަގުތު ނޫޅުމަށް ކަމަށް ސުޖާއު ވިދާޅުވިއެވެ. ސުޖާއު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދޭން ކަމަށެވެ.
މުދައްރިސުންގެ ގާބިލުކަން އިތުރުުރުމާ މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަން ިދނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން ސުޖާއު ވިދާޅުވީ، މި ވައުދު ފުއްދުމުގެ ތެރެއިން މިދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި ސްކޫލްގައި ހޭދަ ކުރާ މަސައްކަތުގެ ވަގުތު މަދު ކުރެވޭނެ ކަންކަމާ ނަފްސަނީ ފުރަތަމަ އެހީ ހޯދުމަށް ގާއިމް ކޮށްފައިވާ ހެލްޕްލައިން މުދައްރިސުންނަށް ބޭނުން ކުރެވޭގޮތް ހަމަޖެއްސީ މި ސަރުކާރުން ކަމަށެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން