logoEN
ކުޅިވަރު

ޕާޓޭ އާރސެނަލް ދޫކޮށްލަން ނިންމައިފި

ޕާޓޭއަކީ އާރސެނަލްގެ މެދުތެރޭގައި މުހިންމު ކުޅުންތެރިއެއް - ފޮޓޯ: ބީބީސީ

ޕާޓޭއަކީ އާރސެނަލްގެ މެދުތެރޭގައި މުހިންމު ކުޅުންތެރިއެއް - ފޮޓޯ: ބީބީސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

30 ޖޫން 2025 - 07:29

އާރސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ކުލަބު ދޫކޮށްލަން ނިންމައިފިއެވެ. ޑޭވިޑް އޯންސްޓީން ހާމަކުރި ގޮތުގައި މި ހަފްތާގެ ތެރޭގައި މިކަން ކުލަބުން ރަސްމީކޮށް އިއުލާނު ކުރާނެއެވެ.

ޕާޓޭގެ ކޮންޓްރެކްޓް އައު ކުރުމާ ގުޅޭ ގޮތުން ކުލަބާއި ޕާޓޭއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ދެ ފަރާތަށް އެއްބަސްވުމަކަށް ވާސިލުނުވެއެވެ. ފާއިތުވި ހަފްތާތަކުގައި ޕާޓޭ ކުލަބު ދޫކޮށްލާނެ ކަމުގެ އިޝާރާތްތަކެއް ފެންނަމުން ދިޔަ ނަމަވެސް، މިހާރު ވަނީ ފައިނަލް ނިންމުމަކަށް އާދެވިފައެވެ.

ގާނާގެ މިޑްފީލްޑަރު ޕާޓޭ އާރސެނަލާ ގުޅުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭނާ އެޓްލެޓިކޯ މެޑްރިޑުން އާރސެނަލަށް ބަދަލުވީ 50 މިލިއަން ޔޫރޯގެ ރިލީޒް ކްލޯޒް އެކްޓިވޭޓް ކުރުމަށް ފަހުގައެވެ.

އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވި ފަހުން ޕާޓޭ ވަނީ އާރސެނަލްގެ ޖާޒީގައި ޖުމްލަ 167 މެޗު ކުޅެ، 9 ލަނޑު ޖަހާފައެވެ. އޭނާގެ ކުޅުމުގެ ފެންވަރާއި ހުނަރުވެރިކަމުން އާރސެނަލްގެ މިޑްފީލްޑަށް ވަނީ ބޮޑު ބަދަލުތަކެއް ގެނެސްދީފައެވެ.

ޕާޓޭ ދޫކޮށްލުމާ ގުޅިގެން އާރސެނަލްގެ މިޑްފީލްޑް ހަރުދަނާ ކުރުމަށް އިތުރު ކުޅުންތެރިއަކު ގެނައުމަށް ކުލަބުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުގައި ބުނެއެވެ.

ކޮމެންޓް

871x217_placeholder