logo
Bank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝަހްޒާ މުހައްމަދު
1 ޖުލައި 2025 - 03:58
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯން ( އެސްއީޒެޑް) ގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގައި އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.

ސިންގަޕޫރުގައި ކުރިއަށްދާ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން ގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީގެ ޕްލޭންގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެސްއީޒެޑްގައި 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓް ގެނައުމަކީ އަމާޒެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓް ހިދުމަތްތައް ލިބޭނީ ހަމައެކަނި ޓްރޭޑިއަން ޕޯޓަލްއިންޚަބަރު | މަހެއް ކުރިންވީއައިއޭގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފިޚަބަރު | 2 މަސް ކުރިންސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ، ރައީސް ފޮނުއްވައިފިޚަބަރު | 3 މަސް ކުރިން އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފް ކުރަނީޚަބަރު | 3 މަސް ކުރިން