ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
1 ޖުލައި 2025 - 05:10

ތ.ވިލުފުށި ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެއެވެ.
މެންދުރު ޓީވީ އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައިކަމަށެވެ.

Ad by Hajj Corporation
ހާދިސާގައި ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ފިހެގެން އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާދެމުންދާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 09:41 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
ހާދިސާ އެމްއެންޑީއެފްއިންދަނީ ތަހުގީގުކުރަމުންނެވެ.