logo
Bank of Maldives

Bank of Maldives

ޚަބަރު

ފަންނުވެރި އީޖާދީ މަސައްކަތްތެރިންނަށް ފުރުސަތުތަކެއް ހޯދައިދިނުމަށް ވޯކްޝޮޕްތަކެއް ފަށައިފި

ޝަހްޒާ މުހައްމަދު
1 ޖުލައި 2025 - 07:00
 ފަންނުވެރި އީޖާދީ މަސައްކަތްތެރިންނަށް ފުރުސަތުތަކެއް ހޯދައިދިނުމަށް ވޯކްޝޮޕްތަކެއް ފަށައިފި

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ފަންނުވެރި އަދި އީޖާދީ މަސައްކަތަތަކަށް ، ފަތުރުވެރިކަމުގެ ދާއިރާ އިން ފުރުސަތުތަކެއް ހޯދައިދިނުމުގެ މަސައްކަތު ބައްދަލުވުންތަކެއް ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުވުންތަކަކީ އޭ.ޑީ.ބީގެ ޓެކްނިކަލް އެސިސްޓެންސްގެ ތެރެއިން، ޔޫ.އެން.ޑީޕީ އާއި ބްރިޓިޝްކައުންސިލްގެ އެހީތެރިކަމާއިއެކު ޖުލައި 1 އިން 6 ކަށް ކުރިއަށްދާ ސެޝަންތަކެކެވެ. މާލޭގައި ކުރިއަށްދާ މި ބައްދަލުވުންތަކުގައި ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީސްތަކުގައި ހަރަކާތްތެރިވާ އެކި ފަންތީގެ ވިޔަފާރިތަކުގެ އިތުރުން، ރިސޯޓުތަކާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި، ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. އައިޝަތު ޝަހުދާ އަބްދުﷲ މެންދުރުޓީވީއަށް ވިދާޅުވީ، މި ބައްދަލުވުންތަކުގެ މައިގަނޑު މަޤުސަދަކީ ދިވެހި ފަންނުވެރިންނަށް ފަތުރުވެރިކަމުގެ ސިނާއަތުން ފައިދާ ނެގޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

ޑރ. އައިޝަތު ޝަހުދާ އަބްދުﷲ ހާމަކުރެއްވި ގޮތުގައި، މި މަސައްކަތު ބައްދަލުވުންތަކުގެ މައިގަނޑު މަޤުސަދަކީ "ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2024 – 2028" ގެ ތެރެއިން، ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ފަތުރުވެރިކަމުގެ ސިނާއަތުގައިހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، ދިވެހި އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާއި، ކަމާގުޅުންހުރި ހުރިހާފަރާތްތަކަށް ގުޅިގެން މަސައްކަތް ކުރާނެ މަގުތައް ދެނެގަނެ، އެކަންކަން ހާސިލްކުރާނެ ގޮތްތައް ކަނޑައެޅުމަކީ ވެސް މި ބައްދަލުވުންތަކުގެ މުހިންމު ބޭނުމެކެވެ.

ޑރ. ޝަހުދާ ވިދާޅުވީ، މިށާލަކަށް، ކުދިގުޅަ ހަދާ މިހާއާއި، ޕެކެޓް ބަންދުކުރާ މީހާ އާއި ލޭބަލް ޑިޒައިން ކުރާމީހާ އަކީ ވެސް ތަފާޓު ތިން ކްރިއޭޓިވް ދާއިރާއަކަށްވާއިރު، މިފަދަ ބައްދަލުވުމުގެ ތެރެއިން އެފަދަ އެކި ހުނަރުތައް އެއްވެގެން މަަސައްކަތް ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރެވޭނެކެމެށެވެ.

މި ސެޝަންތަކުގައި އުފެއްދުންތެރި އިޤްތިޞާދުގެ އެކި ދާއިރާތަކުގެ ތަޖުރިބާއާއި ތަޞައްވުރު ހިއްސާކޮށް، ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ޚިދުމަތާއި ތަކެތި އުފެއްދުމާއި، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ބާރުއެޅުމުގެ މުހިންމު ދުވަސްވަރެއްގެ ގޮތުގައި މި ބައްދަލުވުންތައް ފެނިގެންދާނެއެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތަތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދައިދީ، އެ ސިނާއަތްތައް ކުރިއެރުވުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ތަސައްވަރެކެވެ. އަދި އެކަން ހާސިލްކުރުމަށްޓަކައި އެ މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތު ބައްދަލުވުންތަކަކީ ސަރުކާރުން އިޤުތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ މަސައްކަތު ބައްދަލުވުންތަކެއްކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 11 ދުވަސް ކުރިންޕާކިސްތާނުގައި ބާއްވާ ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ޚަބަރު | 3 މަސް ކުރިންޓްރޭޑްމާކް ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންލަންކާ އިންޑަސްޓްރީ އެކްސްޕޯ: ގައި ދިވެހި ވިޔަފާރިތަކަށް ރަނުގެ ފުރުސަތެއްޚަބަރު | 3 މަސް ކުރިން