logo
Bank of Maldives

Bank of Maldives

ޚަބަރު

ރަށުގެ މަލަމަތީގެ ރީތިކަން ގެއްލޭތީ ކެނދިކުޅުދޫގެ ހޭޅިން އެއްވެސް ގަހެއް ނުކަނޑަން އެދެފި

އަޙްމަދު ޒަލީފް
1 ޖުލައި 2025 - 15:18
ރަށުގެ މަލަމަތީގެ ރީތިކަން ގެއްލޭތީ ކެނދިކުޅުދޫގެ ހޭޅިން އެއްވެސް ގަހެއް ނުކަނޑަން އެދެފި

ކެނދިކުޅުދޫގެ އެކި ސަރަހައްދު ހޭޅިފުގައި ހެދިފައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިބާވަތުގެ ކަންކަމުގެ ސަބަބުން ރަށުގެ ހޭޅިފަށުގައި ހިފޭއްޓެމުންދާ ވެލިގަނޑު ގިރާލާ ރަށުގެ ހޭޅިފަށް ގިރާ ގޮތްވ ވެފައިވާ ކަމަށާއި، ބިޔަ ބޮޑެތި ގަސްތައް ކޮށުމުގެ ސަބަބުން މި ގަސްތަކުން ލިބެމުން އައި ފިނިކަމާއި ހިޔާ ނުލިބި ރަށުގެ މަލަމަތީގެ ރީތިކަން ގެއްލި ގޮނޑުދޮށަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވޭ ކަމަށް މިކަމާ ގުޅިގެން އާއްމުކޮށްފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ. ،

Ad by Hajj Corporation

Ad by Hajj Corporation

ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ ހޭޅިފަށުގައި ހެދިފައި ހުރި އެއްވެސް ބާވަތުގެ ގަހެއް ކޮށާ ކެނޑުމަކީ މަނާކަމެއް ކަމަށާއި އަދި ރަށުގެ ވެށި ހިމާޔަތް ކުރުމަކީ ހުރިހާ ފަރުދުންގެ އިޖުތިމާއީ ޒިންމާއެއްކަމަށް ދެކި، ހޭލުންތެރި ފަރުދުންގެ މުޖުތަމައުއަކަށް ވުމަށް އަބަދުވެސް އިސްކަމެއް ދިނުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިކަމަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ދަށުން ހެދިފައިވާ ޤަވާއިދު ނަންބަރު R-92/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގައި މަނާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކަމަަށްވެސް ބުނެފައިވެެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީޚަބަރު | 15 ގަޑިއިރު ކުރިންދަރަނި ދައްކަން ދަތިނުވާނެ، ހުރިހާ ވަޢުދެއް ފުއްދުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސްޚަބަރު | 2 މަސް ކުރިންރަށުގެ މަލަމަތީގެ ރީތިކަން ގެއްލޭތީ ކެނދިކުޅުދޫގެ ހޭޅިން އެއްވެސް ގަހެއް ނުކަނޑަން އެދެފި ޚަބަރު | 3 މަސް ކުރިން