މިފްކޯ މެދުވެރިކޮށް ބޮޑު ކަންނެލި ނުކިރޭ ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް

މާލޭގެ ހާބަރަށް ބޮޑު ކަންނެލީގެ މަސްތަކެއް އަރުވަނީ -- ފޮޓޯ: މިހާރު
.jpg&w=3840&q=75)
02 ޖުލައި 2025 - 06:45
ސަރުކާރު މަސް ކުންފުނި، މިފްކޯ މެދުވެރިކޮށް ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތް ނުވާ ކަމަށް ބުނާ ކުއްލި މައްސަލައެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު އޮތް މަޖިލީހުގެ މި ދައުރުގެ 11 ވަނަ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުއެވެ. އެ މައްސަލަ މަޖިލީހުން ބަލައިގަނެފައިވާއިރު، އެ މައްސަލަ ބަލައިގަތީ 40 މެންބަރުންގެ ވޯޓުންނެވެ.
އެގޮތުން އެ ކުއްލި މައްސަލައިގައި ވަނީ، މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކުރުމާއި ބޮޑު ކަންނެލި މަސްވެރިންނަށް، މިފްކޯގެ ހިއްސާ ލިބޭގޮތް ހެދުމާއި ބޮޑުކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާގެ ދެމެދުގައި ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
އެކަމަށް އިޝާރަތްކުރަމުން އެ މައްސަލައިގައި ވަނީ، ބޮޑު ކަންނެލި މަސްވެރިން ބާނާ ކަންނެލި ކިރޭނެ ގޮތެއް ނެތުމާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން ވެސް ލަސްވެފައިވާ ކަމަށް ބުނެ، މަސްވެރިންގެ ފަރާތުން ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތު ވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ދޯނިތަކުގައި ނުކިރި ހުރި ކަމަށާއި، މި ކަންނެލިތައް ހަލާކުވުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް އެ މައްސަލައިގައި މެންބަރު ފާހަގަކުރައްވާފައިވެއެވެ.
އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ މަސްވެރިންނާއި މަސްވެރި އާއިލާތައް ކަމަށާއި، އެހެންކަމުން އެފަދައިން ވާނަމަ، މަސްވެރިންގެ މާލީ ހާލަތު ދަށްވެ އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަސަރު ކުރާނެކަމަށް ވެސް އެ މައްސަލައިގައި ވެއެވެ.
އެހެންކަމުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އެ ކަމަކީ އާންމުންގެ މަސްލަހަތާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ އާއެކު، އެކަން ސަރުކާރުގެ ސަމާލުކަމަަށް ގެނައުމަށް ކަމަށް ވެސް އެ މައްސަލައިގައި ވެއެވެ.
މެންބަރު ޒިޔާދު އެފަދަ މައްސަލައެއް ހުށަހެޅުއްވިއިރު، މިދިޔަ ސަރުކާރުތަކުގައި ތަރައްގީކުރުން ވަޅުޖައްސާލާފައި އޮތް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދެމުންދާއިރު، އައިސްގެ މައްސަލަ ހައްލުކުރުމަށް އާރްއެސްޑަބްލިއު ޕްލާންޓް ޤާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ވެސް ސަރުކާރުން ދަނީ ދެމުންނެވެ. އަދި މުޅި ރާއްޖެއިން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއާ ގުޅިގެން ވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އިތުރު ލިޔުންތައް

މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު
އަހަރެއް ކުރިން
ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މަސް ބަންދުކުރާ ފެސިލިޓީއެއް
އަހަރެއް ކުރިންމަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން