އެމްޑީޕީ މެމްބަރުން މަސްވެރިންނަށް ކޮށްދިން ކަމެއްނެތް، ދެ ދައުރުގައި ވެސް ތިބީ އަތް ޖަހަން: އައިބީ

02 ޖުލައި 2025 - 17:30
އެމްޑީޕީ އަކީ ދެ ފަހަރު ފުރުސަތުލިބި މަސްވެރިންނަށް އިހްމާލްވި ޕާޓީއެއްކަމަށާއި، އެމްޑީޕީ މެމްބަރުން މަސްވެރިންނަށް ކޮށްދިން ކަމެއްނެތްއިރު، ދެ ދައުރުގައި ވެސް ތިބީ އަތް ޖަހަންކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
''ކުއްލިއަކަށް މިއަދު ހެނދުނު ބޮޑުކަންނެލީގެ މައްސަލައަށް ޙައްލުހޯ ދުމަށް ޓަކައި ކުއްލި މައްސަލައެއް ހުށަހެޅުނު ހިނދު، މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ބޮޑުކަންނެއްޔާއި، ކުޑަކަންނެއްޔާއި އަދި ކަޅުބިލަމަސް ކޯޓުތަކަށް ގޮސް އަޅައިލި ހިނ،ދު އަދި އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ފަޅުތެރެއަށް އެ މަސްތައް އަޅައިލި ހިނދު، އަދި މަސްވެރިންނަށް ބޭނުންވާ ފައިސާ ޑޮލަރުން ދިން ހިނދު، އެ ނުލިބުނު ހިނދު، މި ގަރާރުތައް މިހެން އަންނަ ހިނދު، އެމްޑީޕީން މި ދިޔަ ސަރުކާރުގަޔާއި އޭގެ ކުރީ ސަރުކާރު ވިދިވިދިގެން ދެ ދައުރުގައި މިތާނގައި އަތްޖަހައިލަން ތިބި ހިނދ،ު'' އައިބީ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވަމުން ގެންދެވިއެވެ.
އައިބީ ވިދާޅުވީ، މަސްވެރިންނާއި ބޮޑުކަންނެލީގެ މަސްވެރިން މި ވާހަކަދައްކާއިރު، މިހާތަނަށް އައީ މި ކަމަކަށް ހައްލެއް ނައިސް ކަމަށެވެ.
''މިއަދު މި ކުއްލި މައްސަލަ މި ތަނަށް ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސައިން ޒިޔާދު ހުށަހެޅުއްވި ހިނދު، އަޖައިބެއް ކަހަލަ ކަމެއް މި ބޭފުޅުންނަށް މިކަން ނޭނގި ތިބި ހިނދު، އަޅުގަނޑުމެންނާ ހަމައަށް އައިސްގެން މި ސަރުކާރުން މިހާރު މަސްވެރިންނަށް ގަވާއިދުން ލާރި ދީދީ ތިބި ހިނދު، 24 ގަޑިއިރު ނުވަނީސް މަސްވެރިންނަށް ފައިސާ ދޭ ހިނދު، މިކަހަލަ ކުއްލި މައްސަލަ މި ތަނަށް ވައްދާތީ އަޅުގަނޑު ހަމަ ހައިރާންވާ ހިނދު'' އައިބީ ވާހަކަ ކުރިއަށް ގެންދަވާފައި ވެއެވެ.
އޭނާ ވަނީ މިކަންކަން މަޖިލީހުގެ މެމްބަރުންނަށް ހަނދާންކޮށްދެއްވާކަމަށް ވިދާޅުވެ، އެމްޑީޕީގެ ސަރުކާރުތަކުގައި މަސްގަނެވޭނެގޮތެއް، މަސްގަންނަ ކާރުޚާނާއެއް ވެސް ތަރައްގީކޮށްނުދީ، ކެޕޭ ސިޓީ އިތުރުކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށްވެސް އައިބީ ވިދާޅުވިއެވެ. އައިބީ ވަނީ މަސްވެރިންނަށް މަސްކިރޭނެ ގޮތެއްނެތި، މަސްވެރިން ހާލުގައި ޖައްސައި އެމްޑީޕީގެ ދެ ސަރުކާރު ވޭތުކޮށްލިއިރު، އެދެ ސަރުކާރުގެ ދައުރުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ތިބިކަމަށާއި، އެއިރު މަސްވެރިންނަށް ކަމެއްކޮށްދިނުމަށް އުޅެފައިނުވާކަމަށް އައިބީ ވިދާޅުވިއެވެ.
''މި ސަރުކާރުން ބޮޑުކަންނެއްޔާއި، ކުޑަކަންނެއްޔާއި އަދި ކަޅުބިލަމަހަށް ހައްގު އުޖޫރަ 24 ގަޑިއިރު ނުވަނީސް ދެނީ، މި ބޭފުޅުން ފައިސާތައް ނުދީ ހިފަހައްޓައިގެން ތިބި ހިނދު މި ސަރުކާރު އައިސް، އެހެންވީމާ، މިއީ ޙަޤީޤަތާ ޚިލާފު ކުއްލި މައްސަލައެއް، އެހެންނަމަވެސް، ދިވެހިރާއްޖޭގެ މަސްވެރިންނާ ގުޅިފައިވާ މައްސަލައަކަށް ވީމަ، މަސްވެރިންނަކީ މި ސަރުކާރުން ވަރަށް އިޙުތިރާމުކޮށް، އެ ބޭފުޅުންގެ މައްސަލަތައް ޙައްލުކޮށްދެއްވަމުންދާ ބައެއް މަސްވެރިންގެ މައްސަލައަކީ، ވަރަށް ރަނގަޅަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު މިކަން ކުރައްވާ، އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ރަނގަޅަށް މަސްވެރިންނާ ދޭތެރޭ ކަންތައް ކުރައްވާތީ އަޅުގަނޑުމެން މި މައްސަލަ ބަލައިގަންނަން މި ނިންމީ'' އައިބީ ވިދާޅުވެފަވެއެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން