logo
ޚަބަރު

ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ދޫކޮށްލައިފި

އަޙްމަދު ޒަލީފް
3 ޖުލައި 2025 - 12:47
ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ދޫކޮށްލައިފި

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ހުރި ހަސަން މަމްދޫޙު (މަންޑޭ) ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

މަންޑޭ ބަންދުކޮށްފައި ހުރީ ކޭ ޕާކު ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރީއަތް ނިމެންދެން މަންޑޭ ބަންދު ކުރުމަށް ޝަރީއަތުން ނިންމާފައިވަނީ މި ދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލަ ބައްލަވާ ޤާޟީ ޢަލީ ނަދީމް އެ ދުވަހު ވިދާޅުވެފައިވަނީ ކޯޓަށް ހާޒިރު ނުވެވޭ ފަަދަ ބައްޔެއް މަންޑޭގެ ހުރި ކަން ޑޮކްޓަރުގެ ލިޔުމުގައި ފާހަަގަކޮށްފައި ނުވާ ކަމަށެވެ. 

މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ އެވެ. 

ކޭޕާކުގެ މައްސަލާގައި ބާއްވާ ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް މަންޑޭ ހާޒިރުވާން ޝަރުތުކޮށް މިއަދު ބަންދުން ދޫކޮށްލާފައިވާ އިރު، ހެކިންނަށް ނުފޫޒު ފޯރުވައި ފިލާފާނެ ހާލަތެއް އޮތް ނަމަ އޭނާ އަލުން ބަންދުކުރުމުގެ އަމުރަކަށް އެދޭނެ ކަމަށްވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ދޫކޮށްލައިފި ޚަބަރު | 2 މަސް ކުރިންކޭޕާކް މަމްދޫހް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިޚަބަރު | 2 މަސް ކުރިން