ޖޯޓާގެ ހަނދާނުގައި ލިވަރޕޫލުން ކުލަބުގެ ޖާރޒީ ނަންބަރު 20 ރިޓަޔަރކޮށްފި

ޖޯޓާ ވަނީ ސްޕެއިނުގައި ކާރު އެކްސިޑެޓްޓެއްގައި ކޮއްކޮ އާއެކު މަރުވެފައި - ފޮޓޯ: ލިވަރޕޫލް

04 ޖުލައި 2025 - 04:38
އެކްސިޑެންޓްގައި ނިޔާވި ޕޯޗުގީޒް ތަރި ޑިއޯގޯ ޖޯޓާގެ ހަނދާނުގައި، އޭނާ ލިވަރޕޫލްގައި ބޭނުންކުރި ނަންބަރު 20 ޖާރސީ "އަބަދަށް" ދެމިއޮންނާނެ ކަމަށް ކްލަބުން ވަނީ އިއުލާނުކޮށްފައެވެ.
28 އަހަރުގެ އުމުރުގައި ނިޔާވި ޖޯޓާ އާއި އޭނާގެ 26 އަހަރުގެކޮއްކޮ އަންދްރޭ ސިލްވާ ނިޔާވީ ބުރާސްފަތި ދުވަހު ސްޕެއިންގައި ދިމާވި ކާރު އެކްސިޑެންޓެއްގައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުޓްބޯޅަ އާލައާއިލާއާއި އެހެނިހެން ދާއިރާތަކުން ވެސް ވަނީ މި ދެ ކުޅުންތެރިންނަށް ތައުޒިޔާ ފޮނުވާފައެވެ.
"ނަންބަރު 20 ޖާރސީއަކީ 2024-25 ވަނަ އަހަރުގެ ޕްރިމިއަރ ލީގް ކާމިޔާބުކުރުމުގައި ޖޯޓާގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާނުގައި އަބަދަށް ދެމިއޮންނާނެ އެއްޗެކެވެ. އޭނާގެ ދިރިއުޅުމުގެ އެންމެ ފަހު ލަނޑަކަށްވީ މާސައިސައިޑް ޑާބީގައި ކޮޕް އެންޑްގައި ޖެހި ލަނޑެވެ،" 20 ވަނަ ނަންބަރު ރިޓަޔަރ ކުރިކަން އިޢުލާން ކުރަމުން ލިވަރޕޫލުން ބުނެފައިވެއެވެ.
ޕޯޗުގަލްގެ ޕޯޓޯގައި އުފަން ޖޯޓާ އޭނާގެ ކުޅުންތެރިކަމުގެ ކެރިއަރ ފެށީ ޕަސޯސް ޑި ފެރެއިރާގެ ޔޫތު ސިސްޓަމުންނެވެ. އޭގެ ފަހުން 2016 ގައި އެޓްލެޓިކޯ މެޑްރިޑަށް ބަދަލުވެ، ޕޯޓޯގައި ލޯނުގައި ކުޅުމަށްފަހު ޕްރިމިއަރ ލީގްގެ ވޯލްވްސްއަށް ބަދަލުވިއެވެ.
ޖޯޓާގެ ހަނދާނުގައި ރިޓަޔަރ ކުރި 20 ވަނަ ޖާރޒީ
ނަމަވެސް އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދީ ލިވަރޕޫލްގައެވެ. ޔުރގެން ކްލޮޕްގެ ދަށުން އެފްއޭ ކަޕާއި ލީގް ކަޕް ކާމިޔާބުކުރުމަށްފަހު، އާނެ ސްލޮޓްގެ ދަށުން 2024/25 ވަނަ އަހަރު ޕްރިމިއަރ ލީގް ވެސް ކާމިޔާބުކުރިއެވެ. މީގެ އިތުރުން ޕޯޗުގަލްގެ ޤައުމީ ޓީމާއެކު 2019 އަދި 2025 ގައި ޔޫއެފާ ނޭޝަންސް ލީގް ވެސް ކާމިޔާބުކުރިއެވެ.
ލިވަރޕޫލުން މީގެ ކުރިން އެއްވެސް ކުޅުންތެރިއެއްގެ ހަނދާނުގައި ޖާރސީ ނަންބަރެއް ރިޓަޔަރކޮށްފައެއް ނުވެއެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
9 މަސް ކުރިން
"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
8 މަސް ކުރިން