logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކުއާޓަރ ފައިނަލަށް ދެދުވަހަށްވެފައި ވަނިކޮށް އަލްހިލާލް އިން ސްޓްރައިކަރެއް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
4 ޖުލައި 2025 - 05:03
އަބްދުއްރައްޒާކް ހަމްދުﷲ
އަބްދުއްރައްޒާކް ހަމްދުﷲ

ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ފްލޫމިނޭންސޭ އާއި ދެކޮޅަށް ކުޅުމުގެ ދެދުވަސް ކުރިން އަލްހިލާލުން ވަނީ އެ ޓީމުގެ ފޯވާޑް ލައިން ވަރުގަދަކޮށް، އައު ކުޅުންތެރިއެއް ގެނައިކަން އިޢުލާންކޮށްފައެވެ. އެގޮތުން އެ ޓީމުން ވަނީ ސައުދީ ޕްރޯ ލީގުގެ އައްޝަބާބުގެ ސްޓްރައިކަރު އަބްދުއްރައްޒާޤް ހަމްދުﷲ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހަމްދުﷲ ގެ ސޮއިހޯދަން އަލް ހިލާލް އަށް ޖެހުނީ އެންމެފަހުން މިމުބާރާތުގެ ގަދަ 16ގައި ސިޓީގެ މެޗަށްފަހު ކުލަބުގެ އެޓޭކިންގ ގެ މުހިންމު ކުޅުންތެރިއެއްކަމުގައިވާ ލިއޮނާޑޯއަށް އަނިޔާވުމާއި ގުޅިގެންނެވެ. މީގެ އުތުރުން ޓީމުގެ އެންމެ މުހިންމު ފޯވާޑްކަމަށްވާ މިޓްރޮވިޗް ވެސް މިވަގުތު ހުރީ އަނިޠާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމްދުﷲ އަކީ ފާއިތުވި ސީޒަނުގައި ސަޢުދީގެ އައްޝަބާބަށް ކުޅެ، 30 މެޗުން 24 ލަނޑު ޖަހާފައިވާ ފޯމު ރަނގަޅު ސްޓްރައިކަރެކެވެ. އަލްހިލާލަށް މި ކުޅުންތެރިޔާ ރަޖިސްޓްރީ ކުރެވޭނީ އެލެކްސާންޑަރ މިޓްރޮވިޗް ސްކޮޑުން އުނިކުރުމަށް ފަހުގައެވެ.

މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ 34 އަހަރުގެ ސްޓްރައިކަރު ހަމްދުﷲ އަށް، ހުކުރު ދުވަހު ފްލޫމިނޭންސޭ އާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގައި ކުޅުމުގެ ފުރުސަތު ލިބިދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން