logo
ޚަބަރު

ގިނަ އަދަދެއްގެ ބޭންކު ކާޑު ހިފައިގެން ބޭރަށް ގޮސް ފައިސާ މާރުކުރުމަކީ މަނީލޯންޑަރިން: މެމްބަރު އިބްރާހީމް ހުސައިން

އާމިނަތު ޝަފާ
4 ޖުލައި 2025 - 07:11
ގިނަ އަދަދެއްގެ ބޭންކު ކާޑު ހިފައިގެން ބޭރަށް ގޮސް ފައިސާ މާރުކުރުމަކީ މަނީލޯންޑަރިން: މެމްބަރު އިބްރާހީމް ހުސައިން

ގިނަ އަދަދެއްގެ ބޭންކު ކާޑު ހިފައިގެން ބޭރަށް ގޮސް ފައިސާ މާރުކޮށް އަލުން އެ ޑޮލަރަށް ބަދަލުކޮށްގެން އަންނަ އައުމަކީ ބޭންކިންގ ނިޒާމަށް އަސަރުކުރާ ކަމެއްކަމަށާއި އެއީ މަނީލޯންޑަރިންގެ އަމަލެއްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.

ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް  ބޮޑުކުރިކުރުމާމެދު މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ބޭންކުން ގެނައި ބަދަލާއެކު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށާއި ނަމަވެސް މިކަމަކީ ދިގު މުއްދަތަކަށް އޭގެ މަންފާ އިގްތިސާދަށް ލިބޭނެކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" ކަންބޮޑުވުން އެބަ ފާލުކުރޭ ބައެއް ފަރާތްތަކުން. މިކަމުގައި ވާގޮތަކީ އެއްބަޔަކު ކުރީމަ އެހެން އެންމެންނަށް މި ގެއްލުން ލިބެނީ. ބޭންކާ އަޅުގަނޑުމެން މުއާމަލާތުކުރީމަ އެބަބުނޭ ގިނަ އަދަދެއްގެ ބޭންކު ކާޑު ހިފައިގެން ބޭރަށް ގޮސް ފައިސާ މާރުކޮށް އަލުން އެ ޑޮލަރަށް ބަދަލުކޮށްގެން އަންނަ ވާހަކަ. ކޮންމެ ކާޑަކަށް 950 ރުފިޔާ އެބަ ފައިދާވޭ. އެއީ މަނީ ލޯންޑަރިން".

މާލީ ގޮތުން ހެދިފައި ހުރި ގަވާއިދުތައް ޒަމާނީ ކުރެވިގެން ނޫނީ މިފަދަ މައްސަލަތައް ހައްލުކޮށް ހަރުދަނާ މާލީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިގެން ނުދާނެކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވަނީ މަޖިލީހުގެ މި ދައުރުގައި މަސައްކަތްކުރަމުންދަނި އެ އަމާޒަށް ވާސިލުވުމަށްކަމަށް ވިދާޅުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނެގޭ ގޮތަށްވެސް އުސޫލުވަނީ ބަދަލުކޮށްފައެވެ.

ބޭންކުން މިއަދު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރާއި ހަމައަށް ފައިސާ ނަގައި ޕޭމެންޓް ހެދޭނެ ކަމަށާއި، އެކަން ކުރެވޭނީ ބީއެމްއެލް ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށެވެ.

އަދި މި ލިމިޓު ހަމަޖައްސަން ބޭނުންވާ ރުފިޔާ، ޑެބިޓު ކާޑުން ސެޓެލް ކުރެވޭނެ ކަމަށާއި، މި 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ވެސް މުއާމަލާތްތައް ހިންގޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި ދިވެހީން ދިރިއުޅޭ ޤައުމުތަކުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށް ވެސް ބޭންކުން މިއަދު ބުންޏެވެ.

މީގެ އިތުރުން، ބޭންކުގެ ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލުތަކުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކަނޑައަޅާފައިވާ 1،200 ޑޮލަރުގެ ލިމިޓަށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި، ދަރިވަރުން އޭޓީއެމްއިން ފައިސާ ނެގުމުގެ ލިމިޓު އަދި ފީއަށް ވެސް ބަދަލެއް ނާންނަ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަށްކަމަށާއި ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކު އެއާޕޯޓު އޮޕަރޭޝަނަލް ހާލަތަށް ގެނައުމަށް އައްޑޫއިން ފަޔަރ ޓްރަކެއް ގެންދަނީޚަބަރު | 2 ދުވަސް ކުރިންބައެއް ފަރާތްތަކުން ގިނަ ޓެކްސްތަކެއް ނުދައްކާ، ގިނަ ފަހަރަށް ރިޕޯޓުވެސް ހުށަނާޅާ: އިބްރާހިމްޚަބަރު | މަހެއް ކުރިންގިނަ އަދަދެއްގެ ބޭންކު ކާޑު ހިފައިގެން ބޭރަށް ގޮސް ފައިސާ މާރުކުރުމަކީ މަނީލޯންޑަރިން: މެމްބަރު އިބްރާހީމް ހުސައިންޚަބަރު | 2 މަސް ކުރިންކުރީ ސަރުކާރުން ފެނަކައިން ކޮށްފައިހުރި ވައްކަންތައްވެސް އޭސީސީއަށް ނުބެލުނު: މެމްބަރު އިބްރާހީމް ޚަބަރު | 10 މަސް ކުރިން