logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ އުޞޫލުތަކުގެ ތެރެއިން މާލީ މުޢާމަލާތުތައް ކުރެވޭނެ މަގު އެބައޮތް - ޚުތުބާ

އަޙްމަދު ޒަލީފް
4 ޖުލައި 2025 - 08:36
އިސްލާމީ އުޞޫލުތަކުގެ ތެރެއިން މާލީ މުޢާމަލާތުތައް ކުރެވޭނެ މަގު އެބައޮތް - ޚުތުބާ

އިސްލާމީ ޝަރީޢަތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އިންސާނާއަށް އެންމެ ފައިދާހުރި އަދި އެންމެ މަޞްލަޙަތުހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ ފަރާތެވެ. 

އިސްލާމީ ޝަރީޢަތުގެ އެންމެ މައިގަނޑު މަގުސަދުގެ ތެރޭގައި ހިމެނެނީ 5 ކަމެއް އިންސާނުންނަށް ކަށަވަރުކޮށްދިނުމެވެ. އެގޮތުން، އެއްކަމަކީ މުދާ ޙިމާޔަތް ކުރުމެވެ. އިސްލާމީ ޝަރީޢަތުގައި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހެއްގެ މުދާ ހުއްދަނެތި އަނެކާ ބޭނުންކުރުން ވަނީ މަނާކުރައްވައިފައެވެ. މުދަލަށް ގެއްލުންދިނުމަކީ ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މީހުންގެ މުދާ ބާޠިލުގޮތުގައި ކެއުން ވަނީ ޙަރާމްކުރައްވައިފައެވެ. ހަމައެފަދައިން، ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި ޖުވާކުޅުން ވަނީ ޙަރާމްކުރައްވައިފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ރިބާ ވަނީ މާތް الله ޙަރާމްކުރައްވައިފައެވެ. އޭގެ ބަދަލުގައި ވިޔަފާރި ވަނީ ހުއްދަކުރައްވައިފައެވެ. އިންސާނީ މަޞްލަޙަތު ނިޔާކުރާ ގޮތަކީ ވެސް، ރިބާއިން ދުރުވުމެވެ. ސަބަބަކީ، ރިބާގެ މުޢާމަލާތްކުރެވޭ މުޖުމަތަމަޢެއްގެ މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުވެގެން ދިއުމެވެ. މުޖުތަމަޢުގެ މަދު މީސްކޮޅެއްގެ އަތްމައްޗަށް އިޤްތިޞާދު ޖަމާވެ، ހުއްޓުމެވެ. އިޤްތިޞާދުގެ ހަރަކާތް ކެނޑި ގަނޑުވުމެވެ. 

އިސްލާމީ ޝަރީޢަތުގައިވާ އިޤްތިޞާދީ ނިޒާމަކީ އިންސާނިއްޔަތަށް އެންމެ ބޭނުންހިފޭ އަދި އެންމެ މަޞްލަޙަތު ހުރި ނިޒާމުކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވާކަމީ ޙަޤީޤަތެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތަކީ އިންސާނާގެ ވެރިރައްބު އިންސާނާއަށް ދެއްވައިފައިވާ ޝަރީޢަތެކެވެ.

އިސްވެ ދެންނެވި ފަދައިން، އިސްލާމީ ޝަރީޢަތުގައި އެހެން މީހެއްގެ މުދާ ނުޙައްޤުން ބޭނުންކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި އެފަދަ ޖަރީމާތަކަށް ވަނީ ހައްދުތަކަކާއި ޙުކުމްފުޅުތަކެއް ކަނޑައަޅުއްވައިފައެވެ.

ވިޔަފާރިތަކުން ނާޖާއިޒު ގޮތުގައި ފައިދާ ނަގަމުންދާ  އިރު އެކަމާ ބެހޭގޮތުން ވިސްނާލުމަށް ޚުތުބާގައި ވަނީ ގޮވައިލައިފައެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް ނޭދެވޭ އަސަރުތައް ކުރާއިރު، ތިމާގެ ލޯބިވާ އެތައް ބަޔަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، ބޭނުން ޖެހިފައިތިބި އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގައި ޚުތުބާގައި ބުނެފައި ވެއެވެ.

ރަސޫލާ ޙަދީޘް ކުރައްވައިފައި ވެއެވެ. "ޙަރާމް އެއްޗެއް ކައިގެން މަސް ޖަހައިފައިވާ ހަށިގަނޑު ސުވަރުގެ ނުވަންނަ ހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ އަލިފާނެވެ." އެހެންކަމުން އަޅުގަނޑުމެން ހޯދާ ފައިސާއާއި މުދަލަކީ ޙަލާލު ގޮތުގައި ހޯދާ ފައިސާކަމުގައި ހެދުމަކީ އާޚިރަތް ބާއްޖަވެރި ކޮށްދޭނޭ ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމާދަކީ ދީނުގެ ތަނބު، ނަމާދު ދޫކޮށްލައިފި މީހާ ވަނީ ދީނުން ބޭރުވެފައި: ހުތުބާޚަބަރު | 10 ގަޑިއިރު ކުރިން''އިސްލާމުން ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް އަމިއްލަ ޤާނޫނުތަކަށް ޢަމަލުކުރުން''ޚަބަރު | 21 ދުވަސް ކުރިން''ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ''ޚަބަރު | މަހެއް ކުރިން ''ދީނީ އަޚްލާޤުގެ މަތީގައި ޢާއިލާ ބިނާކުރުމަށް މައިންބަފައިން ނަމޫނާ ދައްކަންޖެހޭ''ޚަބަރު | 2 މަސް ކުރިން