logo
ކުޅިވަރު

އަލް ހިލާލް ބަލިކޮށް ފްލޫމިނެންސޭ ސެމީއަށް

އަބްދުﷲ ޣާނިމް
5 ޖުލައި 2025 - 06:28
އަލް ހިލާލް އާއި ފްލޫމިނެންސޭ އާއި ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ބީބީސީ
އަލް ހިލާލް އާއި ފްލޫމިނެންސޭ އާއި ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ބީބީސީ

ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލްގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލް 2-1 އިން ބަލިކޮށް، ބްރެޒިލްގެ ފުލުމިނެންސޭއިން މި މިުބާރާތުގެ ސެމީއިން ޖާގައެއް ހޯދައިފިއެވެ.

އޯލަންޑޯގެ ކޭމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި 43،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުލުމިނެންސޭގެ މެތިއުސް މާޓިނޭލީ އެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި އޮއްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުމިނެންސޭއިން ލަނޑު ޖަހާ ލީޑުނެގިނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަ މިނިޓުގެ ތެރޭގައި މާކޮސް ލިއޮނާޑޯ ވަނީ ކޯނާރަކުން ކުލިބާލީ ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ މި މުބާރާތުގައި ލިއޮނާޑޯ ޖެހި ހަތަރުވަނަ ލަނޑެވެ.

މެޗުގެފުލުމިނެންސޭ މޮޅުކޮށްދިން ގޯލުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހާކިއުލެސް އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނިޓުގައެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ފުލުމިނެންސޭއާ ކުރިމަތިލާނީ ޗެލްސީ އާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | މަހެއް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންޖޯއާއޯ ޕެޑްރޯގެ ދެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންތިއޯ ހެނާންޑޭޒް އަލް ހިލާލް އަށްކުޅިވަރު | 2 މަސް ކުރިން