logo
ކުޅިވަރު

ޖޯއާއޯ ޕެޑްރޯގެ ދެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

އަބްދުﷲ ޣާނިމް
9 ޖުލައި 2025 - 03:05
ޗެލްސީގެ އައު ކުޅުންތެރިޔާ ބްރެޒިލްގެ ޖޮއާއޯ ޕެޑްރޯ ކެރިއަރު ފެށީ ފްލޫމިނެންސޭއިން - ފޮޓޯ: ބީއިން ސްޕޯރޓްސް
ޗެލްސީގެ އައު ކުޅުންތެރިޔާ ބްރެޒިލްގެ ޖޮއާއޯ ޕެޑްރޯ ކެރިއަރު ފެށީ ފްލޫމިނެންސޭއިން - ފޮޓޯ: ބީއިން ސްޕޯރޓްސް

ޗެލްސީއިން މިދިޔަ މަހުގައި ސޮއި ހޯދި ބްރެޒިލްގެ ފޯވާޑް ޖޯއާއޯ ޕެޑްރޯގެ ދެގޯލާއެކު ޗެލްސީ ކުލަބް ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ކުލަބް ވޯލްޑްކަޕްގެ ސެމީފައިނަލުގައި ރޭގައި ބްރެޒިލްގެ ފުލުމިނެންސޭ އާ ދެކޮޅަށް މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 2-0 ން ޗެލްސީ ގެ ކާމިޔާބީއާ އެކުގައެވެ.

މިދިޔަ ހަފްތާގައި ބްރައިޓަން އިން ސޮއިހޯދި ކުރި ޖޯއާއޯ ޕެޑްރޯ ވަނީ ޕަލްމެއިރާސް އާ ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ސަބްސްޓިޓިއުޓެއްގެ ގޮތުގައި ބައިވެރިވެ، 2-1 ން މެޗު ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށް ފުލް ޑެބިއުޓް މެޗުގައި ޖޯއާއޯ ޕެޑްރޯ ވަނީ އެންމެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓްގައި ޖަހާފައެވެ. އަދި 60 ވަނަ މިނެޓާ ކައިރިވަމުން ދަނިކޮށް އޭނާގެ ދެވަނަ ލަނޑުވެސް ވަނީ ޖަހާފައެވެ.

މެޗުގެ ތެރޭގައި ފުލުމިނެންސޭ އަށް ލިބުނު ރަނގަޅު ފުރުސަތެއް މާރކް ކުކުރެއްލާ ވަނީ ގޯލް ލައިން ކްލިއަރެންސް އަކުން ހުއްޓުވާލާފައެވެ. އަދި ޓްރެވޯ ޗަލޮބާގެ އަތުގައިޖެހިގެން ދިން ޕެނަލްޓީ ކިކް ވީއޭއާރް ރިވިއު އަކަށް ފަހު ވަނީ ބާތިލްކޮށްފައެވެ.

މި މޮޅާއެކު ޗެލްސީ އާއި ދެކޮޅަށް ފައިނަލްގައި ވާދަކުރާނެ ޓީމެއް ޔަޤީންވާނީ މިރޭ ރެއަލް މެޑްރިޑް އާއި ޕީއެސްޖީ އާ ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޑުއެކޭ ގެ ވޯލްޑްކަޕް މެޑަލް ޓްރަމް ވަގަށް ނަގައިފި ކުޅިވަރު | މަހެއް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންޖޯއާއޯ ޕެޑްރޯގެ ދެ ލަނޑުން ޗެލްސީ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށްކުޅިވަރު | 2 މަސް ކުރިންހަނިގޮތަކަށް ޑޯޓްމަންޑްއަތުން މޮޅުވެ، ރެއާލް ސެމީއަށްކުޅިވަރު | 2 މަސް ކުރިން