logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ:ވަޒީރު

ހުސައިން ވަސީމް
5 ޖުލައި 2025 - 10:58
ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ:ވަޒީރު

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުاللهމުއްޠަލިބް ވިދާޅުވެއްޖެއެވެ.

 މި މަޝްރޫޢުގެ މަސައްކަތުގެ ޖުމްލަ 88.7 އިންސައްތަ ނިމިފައިވާއިރު، އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އަދި ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ޢިމާރާތުގެ މަސައްކަތުގެ 83 އިންސައްތަ ވަނީ ނިމިފައެވެ. މީގެއިތުރުން، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ހެންގަރު އަދި ކާގޯ ބިލްޑިންގގެ މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާ ގުޅެގޮތުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ މި މަޝްރޫޢަކީ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އެ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ އުތުރުގެ ސަރަހައްދުގެ ތަރައްޤީއަށް ހުޅުވިގެންދާނެ ދޮރެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން މި ސަރަހައްދުގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މަޝްރޫޢު ނިމުމުން، ހަނިމާދޫއަށް ބައިނަލްއަޤްވާމީ ބޮޑެތި ފްލައިޓްތަކަށް ވެސް ޖެއްސޭނެ ގޮތް ހަމަޖެހި، ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ލިބިގެންދާނެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެވޭނެ އެވެ. އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫ އެއާޕޯޓު: އުތުރުގެ ތަރައްޤީގެ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް ސިޔާސަތު ޙަޤީޤަތަކަށް ހެދުމުގެ މުހިންމު އެއް ވަސީލަތްރިޕޯޓް | 6 ދުވަސް ކުރިންހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފިޚަބަރު | 7 ދުވަސް ކުރިންމިއީ ރާއްޖޭގެ އުތުރުގެ ތަރައްގީ ހާސިލް ކުރުމުގެ އެއް ކާމިޔާބީ: ރައީސްޚަބަރު | 7 ދުވަސް ކުރިންހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ޚާއްސަ މަންދޫބެއްޚަބަރު | 7 ދުވަސް ކުރިން