ހާފިޒުކަމުގެ ސަނަދު، އެމްކިއުއޭ މިންގަނޑުން ޑިގްރީ ފެންވަރަށް ބަދަލުކުރުމަށް އެދިއްޖެ


05 ޖުލައި 2025 - 17:01
ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުންނަށްދޭ ހާފިޒުކަމުގެ ސަނަދު ، އެމްކިއުއޭ މިންގަނޑުން ޑިގްރީ ފެންވަރަށް ބަދަލުކޮށްދެއްވުމަށް ޖަމިއްޔަތުލް ފަލާހްގެ ރައީސް، އަލްގާރީ އަލްހާފިޒް އަބްދުއްސައްތާރު އަބޫބަކުރު، ރައީސުލް ޖުމްޙޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފި އެވެ.
ޖަމިއްޔަތުލް ފަލާހުގެ ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ މިރޭ ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ވެރިކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއއިްޒުއެވެ.
އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެ ޖަމިއްޔާގެ ރައީސް އަލްގާރީ އަލްހާފިޒް އަބްދުއްސައްތާރު އަބޫބަކުރު ދެއްކެވި ވާހަކަފުޅުގައި ވަނީ ، ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުންނަށްދޭ ހާފިޒުކަމުގެ ސަނަދު ، އެމްކިއުއޭ މިންގަނޑުން ޑިގްރީ ފެންވަރަށް ބަދަލުކޮށްދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ޖަލުގައި ތިބެގެން ކީރިތި ޤްރުއާން ހިތުސަންކުރާ މީހުންގެ ހުކުމުން ބައެއް އުނިކޮށްދެއްވުމަށް ވެސް އަލްގާރީ އަލްހާފިޒް އަބްދުއްސައްތާރު އަބޫބަކުރު އެދިވަޑައިގެންނެވިއެވެ.
އަލްގާރީ އަލްހާފިޒް އަބްދުއްސައްތާރު އަބޫބަކުރުގެ ވާހަކައިގައި ރައީސް ޑރ، މުޙައްމަދދު މުއިއްޒުގެ ސަރުކާރުން، ޒުވާން ޚަތީބުން ބިނާކުރެެއްވުމަށް ކުަރައްވާ މަސައްކަތް ފާހަގަކުރައްވާ ރައީސަށް ޝުކުރުއަދާކުރެެއްވިއެވެ.
ޖަމިއްޔަތުލް ފަލާޙްއަކީ 10 މާޗް 1961ގައި ރަޖިސްޓްރީކުރެވުނު ޖަމިއްޔާއެކެވެ. އެޖަމިއްޔާގެ ބާނީ އަކީ އަލްމަރްޙޫޟް އިބްރާހީމް އަބޫބަކުރުއެވެ. އެއިރުން ފެށުގެން ގިނަ ދީނީ ، ތައުލީމީ އަދި އިޖުތިމާއީ ޚިދުމަތްތަކެއް ކޮށްފައިވާ އެޖަމިއްޔާއިން ކީރިތި ޤްރްއާން މުބާރާތް ބާއްވަމުންގެންދާތާ 50 އަހަރު ވެއްޖެއެވެ.
ޖަމިއްޔަތުލް ފަލާހުން ކޮންމެ އަހަރަކު ރަމަޟާން މަހު ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ރަންޔޫބީލް މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާގައި މުޅި މުބާރާތުން ވަނަތައް ހާސިލްކުރެއްވި 13 ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
އަހަރެއް ކުރިން