logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޒުބިމެންޑީ އާރސެނަލް އަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
6 ޖުލައި 2025 - 12:06
ޒުބިމެންޑީ އާރސެނަލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - ފޮޓޯ: އާރސެނަލް
ޒުބިމެންޑީ އާރސެނަލްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - ފޮޓޯ: އާރސެނަލް

އާރސެނަލް އިން ރިއަލް ސޮސިއެޑާޑްގެ ޑިފެންސިވް މިޑްފީލްޑަރު މާޓިން ޒުބިމެންޑީގެ ސޮއި ހޯދައިފިއެވެ.

އާސެނަލްއިން ޒުބިމެންޑީގެ 60 މިލިއަން ޔޫރޯގެ ރިލީސް ކްލޯޒް އެއްފަހަރާ ދެއްކުމުގެ ބަދަލުގައި، އެޑް-އޮންސް އާއެކު ޖުމްލަ 65 މިލިއަން ޔޫރޯ ބަހާލައިގެން ދައްކާ ގޮތަށް ދެކުލަބުން ވަނީ އެއްބަސްވެފައެވެ. ޒުބިމެންޑީއަކީ މި ޖުލައި މަހުގެ ޓްރާންސްފަރ މާކެޓްގައި ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އަށްފަހު އާސެނަލްއިން ސޮއި ހޯދި ދެވަނަ ކުޅުންތެރިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިއީ އަހަރެންގެ ކެރިއަރގައި ވަރަށް މުހިންމު ވަގުތެއް. އަހަރެން ބޭނުންވި އަދި ހޯދަން މަސައްކަތްކުރި ބަދަލު މިއީ. މި ކްލަބަށް ފައިވެއްދި ވަގުތުން ފެށިގެން މި ކްލަބާއި ޓީމުގެ ބޮޑުކަން އިހުސާސްވޭ،" ސްޕެއިންގެ ނެޝަނަލް ޓީމުގެ ކުޅުންތެރިޔާ އާސެނަލްގެ ޖާރޒީގައި ދިން ބަޔާނެއްގައި ބުނެފައިވެއެވެ.
"އަހަރެން އާސެނަލް އިޚްތިޔާރުކުރީ އެ ޓީމުގެ ކުޅުމުގެ ސްޓައިލް އަހަރެންނާ ވަރަށް ގުޅޭތީ. އެމީހުން ފަހަކަށްއައިސް ދައްކާފައިވާ ޕޮޓެންޝަލް ވަރަށް ރަނގަޅު، އަދި އެންމެ ރަނގަޅު ކަންތައްތައް އަދި ކުރިއަށް އެބަހުރި،" ޒުބިމެންޑީ ބުންޏެވެ.

26 އަހަރުގެ ޒުބިމެންޑީއަކީ ރިއަލް ސޮސިއެޑާޑްގެ އެކަޑަމީން އުފެދިފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ސޮސިއެޑާޑްގެ ސީނިއާ ޓީމުގައި ފަސް އަހަރު ހޭދަކޮށް 170 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އަދި ޔޫރޯ 2024 ގައި ސްޕެއިންގެ ޓީމު ޗެމްޕިއަންކަން ހޯދި މެޗުގައިވެސް އިނގިރޭސިވިލާތާ ދެކޮޅަށް ރޮޑްރީގެ ބަދަލުގައި ކުޅެ ފާހަގަކޮށްލެވުނު ޕަފޯމަންސްއެއް ދައްކާފައިވެއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި އޭނާ ކުޅޭނީ ކުރީގެ ސޮސިއެޑާޑް ޓީމްމޭޓް މިކެލް މެރީނޯ އާ އެކުގައެވެ. މެރީނޯ އާސެނަލްއާ ގުޅުނީ އެއް އަހަރު ކުރިންނެވެ. އާސެނަލްއިން ބްރެންޓްފޯޑްގެ ކްރިސްޓިއަން ނޯގާޑް ސައިންކުރުމަށް އެއްބަސްވެފައިވާތީ މިޑްފީލްޑަށް އިތުރު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން އާރސެނަލް އިން ވަނީ އެޓީމުގެ މިޑްފީލްޑަރ ޕާޓޭ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.

އާސެނަލްއިން މިވަގުތު ފޯވާޑް ލައިނަށް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޗެލްސީގެ ނޯނީ މަޑުއެކީއާއެކު މަޝްވަރާތައް ކުރަމުންގެންދާކަމަށް މަޢުލޫމާތުލިބެއެވެ. އަދި ސްޕޯރޓިންގް ގެ ގްޔޯކެރޭޝް ގެ ސޮއި ހޯދުމާއި ގާތުގައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | މަހެއް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން