މާފަރުގެ ބައެއްގެ ގޮތުގައި އޮތް "ފަރުމުލި" ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީ ކުރަނީ


06 ޖުލައި 2025 - 13:03
ނ.މާފަރުގެ ފަޅުތެރޭގައި އޮންނަ "ފަރުމުލި" އަކީ އެރަށުގެ ބައެއް ނޫންކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
މިއަދު ޝާއިޢުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2025 އިން، މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއާއެކު، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި "ފަރުމުލި" ވަނީ ކަނޑައަޅުއްވާފައެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މިގޮތަށް ނިންމި ނަމަވެސް ”ފަރުމުލި“ ގައި ކުރިއަށްގެންދާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓްއަކީ ކޮބއިކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
އިތުރު ލިޔުންތައް

އިސްރާޢީލްގެ ޓަވަރަކަށް ޑްރޯން ޙަމަލާއެއް ދިނުމަށް މާފަރު ރައްޔިތުން ރާވަނީ
މަހެއް ކުރިން
3 ރުފިޔާގެ ރޭޓުން 900 ހަނޑޫ ގުޅަ ހަދައިދޭނެ މީހަކު މާފަރު ކައުންސިލުން ހޯދަނީ
މަހެއް ކުރިން
މާފަރަށް ތާރީހީ ދުވަހެއް: ނަރުދަމާގެ ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ގެއަށް ކަނެކްޝަން ދީފި
13 ގަޑިއިރު ކުރިން