logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތިއޯ ހެނާންޑޭޒް އަލް ހިލާލް އަށް

އަބްދުﷲ ޣާނިމް
7 ޖުލައި 2025 - 03:53
ހެނާންޑޭޒް އަކީ ރެއާލް މެޑްރިޑްއަށްވެސް ކުޅެފައިވާ ކޫލުންތެރިއެއް
ހެނާންޑޭޒް އަކީ ރެއާލް މެޑްރިޑްއަށްވެސް ކުޅެފައިވާ ކޫލުންތެރިއެއް

އޭސީ މިލާންގެ ޑިފެންޑަރު ތިއޯ ހެނާންޑެޒް މި ޓްރާންސްފަރގައި ސައުދީ އަރަބިއާގެ އަލް-ހިލާލް އާއި ގުޅޭނެކަން ކަށަވަރުވެއްޖެއެވެ. އަލް ހިލާލްގައި އޭނާއަށް ކޯޗުކޮށްދޭނީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ސިމިއޯނީ އިންޒާގީއެވެ.

ފުރަތަމަ މި މަސައްކަތް ފެށުނުއިރު ތިއޯ މި ހުށަހެޅުން ދެކޮޅު ހަދާފައިވީ ނަމަވެސް، އެހެން ކްލަބުތަކުގެ ޝައުގުވެރިކަން ނެތުމާއި އިންޒާގީ ކޫލުންތެރިޔާއަށް ބޭނުންވެފައިހުރުމާއެކު، މިހާރު ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވެއެވެ. 2019 ވަނަ އަހަރު ރިއަލް މެޑްރިޑުން މިލާނަށް ބަދަލުވި ތިއޯ އަކީ މިލާންގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޑިފެންޑަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަ ގަޒެޓާ ޑެލޯ ސްޕޯޓުން ހާމަކުރި ގޮތުގައި އަލް-ހިލާލުން ހުށަހަޅާފައިވަނީ 20 މިލިއަން ޔޫރޯއާއި 5 މިލިއަން ޔޫރޯގެ ބޯނަސްއެވެ. ނަމަވެސް މިލާން އެދެނީ 25 މިލިއަން ޔޫރޯގެ ސީދާ ފީއަކަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ޑީލް ނިންމުމަށް މަސައްކަތްކުރާނެއެވެ. ތިއޯއަށް އަހަރަކު 20 މިލިއަން ޔޫރޯގެ މުސާރަ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ޖުލައި 7 ވާ ހޯމަ ދުވަހު މިލާނެލޯގައި ފެށޭ ޕްރީ ސީޒަން ތަމްރީނުތަކުގައި ތިއޯ ބައިވެރިނުވާނެކަން ކަށަވަރުވެފައިވެއެވެ. މިލާންގެ އައު ކޯޗު މެކްސިމިލިއަނޯ އެލެގްރީގެ ދަށުން ފެށޭ މި ތަމްރީނުތަކަށް ތިއޯއަށް އިތުރު ޗުއްޓީއެއް ދީފައިވާކަން ލަ ގަޒެޓާ ޑެލޯ ސްޕޯޓުން ހާމަކުރިއެވެ.

މި އަތުރުގައި މިލާންއިން ވަނީ ތިއޯގެ ބަދަލުގައި ގެންޓްގެ ޒުވާން ޑިފެންޑަރު އާރޗީ ބްރައުންއާ ދޭތެރޭ ޝައުގުވެރިކަން ފާޅުކޮށްފައެވެ. 2002 ވަނަ އަހަރު އުފަން މި ކުޅުންތެރިޔާގެ އެއްބަސްވުން 2027 ވަނަ އަހަރާ ހަމައަށް ގެންޓާއެކު އޮތް ނަމަވެސް، އޭނާ ގެނައުމަށް މިލާންއިން މަސައްކަތް ފަށާފައިވާކަމަށް މެޓިއޯ މޮރެޓޯ ވަނީ ހާމަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަށިހޯދުމުގެ ބޭނުމުގައި ސެމެންޔޯ ޔުނައިޓެޑަށް ނޫނެކޭބުނުމަށްފަހު ސިޓީއަށް ބަދަލުވަނީކުޅިވަރު | މަހެއް ކުރިންރެއާލް މެޑްރިޑުން ރޮޑްރީގޯ ވިއްކާލަނީކުޅިވަރު | 2 މަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 4 މަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 5 މަސް ކުރިން