logo
Bank of Maldives

Bank of Maldives

ޚަބަރު

ކޯޓުތަކަށް ނުފޫޒުފޯރުވުން ނިމުމަކަށް ގެނެސްދެއްވީ ރައީސް މުޢިއްޒު: ލަތީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖުލައި 2025 - 08:39
ކޯޓުތަކަށް ނުފޫޒުފޯރުވުން ނިމުމަކަށް ގެނެސްދެއްވީ ރައީސް މުޢިއްޒު: ލަތީފް

ކޯޓުތަކަށް ނުފޫޒުފޯރުވުން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބުދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާޙުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވީ، ކޯޓުތަކަށް އަތްބާނާ، ކޯޓުތަކަށް ނުފޫޒު ފޯރުވީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ކަމަށާއި، 2008 ވަނަ އަހަރު އާ ޤާނޫނު އަސާސީގެ ދަށުން އައި އާ ސަރުކާރުން ކޯޓުތައް ތަޅުލައި، ފަނޑިޔާރުންނަށް ޖެއްސުންކޮށް، ފުރައްސާރަކޮށް، ފަނޑިޔާރުންނާ ދިމާކޮށް، ފަނޑިޔާރުން މޫދަށް ވައްޓާލާ، ފަނޑިޔާރުން ބިންމައްޗަށް ވައްޓާލާ ހުރިހާކަމެއް ކުރި ކަމަށެވެ.

ލަތީފް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ކަންތައްތައް ކުރިއަށް ދިޔައީ ހަމަ އެގޮތަށް ކަމަށެވެ. އެމަނިކުފާނު އިންސާފު ހޯދުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓަށް ދިޔަ އިރު، އެތަނުގެ ހުކުމަކީ ދެފަރާތް ސުލްޙަވުމުން ނިމުނީ ކަމަށް ނިންމި ކަމަށެވެ. އެގޮތުން އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސައީދާއި، ފަނޑިޔާރު ޢަލީ ހަމީދުގެ ވާހަކަ ވެސް ލަތީފް ވަނީ ފާހަގަކުރައްވާފައެވެ. އެބޭފުޅުން ވިދާޅުވީ، އޭރުގެ ސަރުކާރުން އަދުލުއިންސާފުގެ ނިޒާމަށް ބާރާއި ނުފޫޒު ފޯރުވި ކަމަށެވެ.

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަންކަމަށް ނިމުމެއް ގެނެސްފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒު 17 ނޮވެމްބަރު 2023 ގައި މަޤާމުގެ ހުވާކުރެއްވުމަށްފަހު ވަނީ ކޯޓުތަކަށް އަތްބޭނުމާއި، ކޯޓުތަކަށް ބާރާއި ނުފޫޒު ފޯރުވުން އެ ހިސާބުން ނިމުނީ ކަމަށާއި، ކޯޓުތަކުގައި މިނިވަން ކަމާއެކު ޝަރީޢަތްތައް ހިންގައިދޭނެ ކަމަށް ވިދާޅުވެފައެވެ.

ލަތީފް ވިދާޅުވި ގޮތުގައި، މިހާރު މި ފެންނަނީ އެކަންކަން ހަޤީގަތަކަށް ވާތަނެވެ. އަދި ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅި މި އިސްލާޙަކީ ވެސް މިކަމުގެ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޓުތަކަށް ނުފޫޒާއި ބާރު ނުފޯރުވާނެ ކަމަށާއި، ކޯޓުތަކަށް ޖެއްސުންކޮށް، ފުރައްސާރަކޮށް، މަލާމަތްކުރުން ފަދަ ކަންކަން ނިމުނު ކަމަށް ލަތީފް ވިދާޅުވިއެވެ.

އަދި މި އިސްލާޙުގެ ސަބަބުން އަދުލުއިންސާފު ނިޒާމަކީ ހަރުދަނާ ނިޒާމެއްގެ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ ކަމަށާއި، ރައީސް މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އަދުލުއިންސާފު ލިބިގެން ދިޔުން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުން ވަޒީރުންނަށް ރުހުން ދީފިޚަބަރު | 3 ދުވަސް ކުރިންވަޒީރުންނަށް ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެވޭ ތާރީހަށް ބަދަލު ގެނެސްފިޚަބަރު | 5 ދުވަސް ކުރިން''ގިރާވަރު ފަޅު ހިއްކައި ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ހަވާލުކުރަން ފަށާނެ''ޚަބަރު | 17 ދުވަސް ކުރިން