logo
Bank of Maldives

Bank of Maldives

World

ުޔަހޫދީންގެ ޙަމަލާތައް ހުއްޓާލުމުން ނޫނީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުالله

އަޙްމަދު ޒަލީފް
7 ޖުލައި 2025 - 12:30
ުޔަހޫދީންގެ ޙަމަލާތައް ހުއްޓާލުމުން ނޫނީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުالله

 ޔަހޫދީންގެ ޢުދުވާންތައް ހުއްޓާލުމުން ނޫނީ ހަތިޔާރު ނުބަހައްޓާނެ ކަމަށް ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهން  ބުނެފިއެވެ.

ޙިޒްބުالله އިން އަމާންދީ، ހަތިޔާރު ބަހައްޓަން ބާރު އަޅަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ޙާއްސަ މަންދޫބު، ލުބުނާނުގެ އިސް އޮފިޝަލުންނާ އެކު އެކަމުގެ މަޝްވަރާތައް ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙިޒްބުالله އިން ހަތިޔާރު ބެހެއްޓުމަށް ގޮވައިލަނީ ހަތިޔާރު ގެންގުޅެން ޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނެއެވެ. ހަނގުރާމައިގެ ފަހުން ލުބުނާނުގެ ހިންގުމާ ޙަވާލުވެފައިވާ އައު ސަރުކާރުން ވެސް ހަތިޔާރު ގެންގުޅެންޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނަމުންދާއިރު، ސަރުކާރުން ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން އަމަލު ކުރުމަށް ވެސް ގޮވައިލަމުންނެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ޙިޠާބެއްގައި ޙިޒްބުاللهގެ އިސްވެރިޔާ، ނަޢީމް ޤާސިމް ވިދާޅުވީ އެ ޖަމާޢަތަށް އިންޒާރު ދިން ނަމަވެސް އަމާން ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޙިޒްބުاللهގެ ހަނގުރާމަވެރިން ހަތިޔާރު ނުބަހައްޓާނެ ކަމަށާއި ފުރަތަމަ ޖެހޭނީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލަން ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ.

އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ލުބުނާނުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތައް ފައްޓަވާފައިވާއިރު، އޭނާ މިދިޔަ ޖޫން މަހު ލުބުނާނަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ޙިޒްބުﷲއިން ހަތިޔާރު ބަހައްޓައިފިނަމަ، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތަށްޖެހި، ޢުދުވާނީ ޙަމަލާތައް ހުއްޓއިލާނެކަމަށް ހުށަހެޅުއްވައިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންނަށް ރައްދުދިނުމަކީ ޙިޒްބުﷲ އަށް ލިބިފައިވާ ޙައްޤެއް: ޙިޒްބުﷲގެ ލީޑަރުދުނިޔެ | 3 ދުވަސް ކުރިންއިސްރާއީލުން އަނެއްކާވެސް ލުބްނާންގެ ޢާންމު ރައްޔިތުން ތަކަކަށް ޙަމަލާދީފިދުނިޔެ | 25 ދުވަސް ކުރިންއިސްރާޢީލަށް އަމާންދީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުاللهދުނިޔެ | 4 މަސް ކުރިންުޔަހޫދީންގެ ޙަމަލާތައް ހުއްޓާލުމުން ނޫނީ ހަތިޔާރެއް ނުބަހައްޓާނަން - ޙިޒްބުاللهWorld | 5 މަސް ކުރިން