logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްއިން ފަސް މިލިއަން ގަސް ޕްރޮގްރާމްގައި ބައިވެރިވެ، އެއްލައްކަ ގަސް އިންދަނީ

ޝަހްޒާ މުހައްމަދު
8 ޖުލައި 2025 - 04:20
އެމްއޭސީއެލްއިން ފަސް މިލިއަން ގަސް  ޕްރޮގްރާމްގައި ބައިވެރިވެ، އެއްލައްކަ ގަސް އިންދަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ގަސް އިންދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން މި އަހަރު ނިމޭއިރު 100،000 ގަސް އިންދަން ނިންމާފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތު ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވާ ދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރު ތޯރިގް އިބްރާހީމްއާއި، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ލައްމާން މުހައްމަދު އާއި، އެމްސީއެލްގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފްގެ އިތުރުން އެމްއޭސީއެލްގެ އެކްސްކޯ މެމްބަރުންނާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ރާއްޖޭގެ ގިނަ ކުންފުނި ތަކުން ދަނީ ބައިވެރިވެ ގަސްއިންދުމުގެ ޕްރޮގްރާމްތައްހިންގަމުންނެވެ. މިދިޔަ އަހަރު ފެއްޓެވި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500،000 އަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް މި ޕްރޮގްރާމުގެ ދަށުން 6.3 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފުހުގެ ސަބަބުން، މަތިންދާ ބޯޓު ދަތުރުކުރާ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 10 ދުވަސް ކުރިންރަސްމާލެ ސައިޓް އޭ: 137.5 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރު ހިއްކައިފިޚަބަރު | 15 ދުވަސް ކުރިންފޭސް 3ގެ 49 ހެކްޓަރު ބިން ހިއްކާ ނިމިއްޖެޚަބަރު | 17 ދުވަސް ކުރިންވީއައިއޭގައި ހުއްދަ ނެތި ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީވިޔަފާރި | 18 ދުވަސް ކުރިން