logo
Bank of Maldives

Bank of Maldives

ޚަބަރު

ސަސްޕެންޝަނުގައި ހުރި ފަޒީލް މަގާމުން ވަކިކުރަން ނިންމައިފި

އާމިނަތު ޝަފާ
8 ޖުލައި 2025 - 10:02
ސަސްޕެންޝަނުގައި ހުރި ފަޒީލް މަގާމުން ވަކިކުރަން ނިންމައިފި

މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ - އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކުރަން ނިންމާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަހުގީގަކަށް ގުޅިގެން ތަހުގީގަށް ޖާގަދީ ފުރިހަމައަށް އެހީތެރިވުމުގެ ގޮތުން ފަޒީލް ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭރު ފަޒީލް ސަސްޕެންޑްކޮށްފައިވަނީ ހުރިހާ ޒިންމާތަކަކުން އެކަހެރިކޮށްފައިވާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ އޭރު ބުނެފައެވެ. އޭރު ފަޒީލްސަސްޕެންޑްކޮށްފައިވަނީ ކުންފުނީގެ ބޯޑުންނެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި އެމްޑަބުލިއުއެސްސީން ބުނީ ސަސްޕެންޑް ކޮށްފައިވާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު މާދަމައިން ފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ. މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއްކަމަށް އެމްޑަބުލިއުއެސްސީން ވަނީ ބުނެފައެވެ.

އިތުރަށް އެ ކުންފުނިން ބުނީ ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކޭކަމަށެވެ.

ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުުރެވޭ މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގްކުރަމުންނެވެ.
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީލް ރަޝީދު އަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެއެވެ. ގޯތީގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ދައުރުވެފައިވަނީ ފަޒީލްގެ ނަމުގައިވާ ލިޔުމެކެވެ.

މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުންދަނީ ޑޮކިއުމަންޓުތަކެއް ފޯޖުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. މިއީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފެށި ތަހުގީގެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި އޭސީސީން ކުރިއަށްގެންދާ ތަހުގީގާއި ގުޅިގެން ހައުސިންގ މިނިސްޓްރީގެ ކުރީގެ ބައެއް ވެރިންގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި އެމައްސަލައިގަ ދައުވާކުރުމާމެދު ގޮތެއްނިންމުމަށް ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާކަމަށް އޭސީސީންވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ދުވަހު ދުވާފަރުގައި ،އެމް.ޑަބްލިޔު.އެސް.ސީ ގެ ތަފާތު ހަރަކާތްތަކެއްޚަބަރު | 20 ގަޑިއިރު ކުރިންސަސްޕެންޝަނުގައި ހުރި ފަޒީލް މަގާމުން ވަކިކުރަން ނިންމައިފިޚަބަރު | 5 މަސް ކުރިން