logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއާއެކު މަޝްވަރާ ކުރަން ތައްޔާރު - އީރާން

އަޙްމަދު ޒަލީފް
8 ޖުލައި 2025 - 12:45
އެމެރިކާއާއެކު މަޝްވަރާ ކުރަން ތައްޔާރު - އީރާން

އެމެރިކާއާ އެކު މަޝްވަރާ ކޮށްގެން ދެބަސްވުންތަކަށް ޙައްލު ހޯދޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ވިދާޅުވެ، އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަން އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާ ހާމަކުރައްވައިފިއެވެ. 

އެމެރިކާއާއި އީރާނާ ދެމެދު ކުރަމުން ދިޔަ މަޝްވަރާތަކަށް ހުރަސް އެޅީ ޔަހޫދީން ކަމުގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން ދެން އެމެރިކާއަށް އިތުބާރު ކުރާނީ ކޮން ގޮތަކުންތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ. "މަޝްވަރާތަކުގެ މެދުތެރެއިން އަލުން [އީރާނަށް] ޙަމަލާ ދިނުމުގެ ހުއްދަ އެމެރިކާއިން ނުދޭނެ ކަން ޔަގީން ކުރާނީ ކޮން ގޮތަކުންތޯ؟" އޭނާ ޝަހީދު ކޮށްލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ކަން ވެސް ޕީޒިޝްކިޔާން ހާމަކުރެއްވިއެވެ. "އެ މީހުން މަސައްކަތް ކުރި، އާދެ، ނަމަވެސް އެ ކަން ވަނީ ފޭލުވެފައި،" އޭނާ ވިދާޅުވިއެވެ.

އޭޕްރިލް މަހުން ފެށިގެން އެމެރިކާއާއި އީރާނާ ދެމެދު ދިޔައީ މުހިންމު މަޝްވަރާތަކެއް ކުރަމުންނެވެ. ނަމަވެސް، އެ މަޝްވަރާތައް މެދުކެނޑުނީ، ޖޫން 13 ވަނަ ދުވަހު ޔަހޫދީން އީރާނަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް ވަނީ އެ މީހުންނާ ބައިވެރިވުމުގެ ގޮތުން ޖޫން 22 ވަނަ ދުވަހު އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ.

އެމެރިކާގެ މަޝްހޫރު ޕޮޑްކާސްޓް، 'ދި ޓަކަރ ކާލްސަން ޝޯ'އަށް ދެއްވި ބަސްދީގަތުމެއްގައި ޕީޒިޝްކިޔާން ވަނީ އޭނާ ޝަހީދު ކޮށްލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ކަން ވެސް ހާމަ ކުރައްވާފައެވެ.

އެމެރިކާގެ ޕޮޑްކާސްޓަކަށް ޕީޒިޝްކިޔާން ދެއްވި ބަސްދީގަތުން ޓްރަމްޕް އަޑުއައްސަވާފައިވާ ކަން ސާފު ނޫން ކަމުގައި ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވިއެވެ. ނަމަވެސް، މެދުއިރުމައްޗަށް ސުލްޙައާއި ހަމަޖެހުން ގެނެސްދެވޭނެ ބޭފުޅަކީ ޓްރަމްޕް ކަމުގައި ޕީޒިޝްކިޔާން ވިދާޅުވެފައިވާ ވިދާޅުވުމާ އެއްބަސްވާ ކަމުގައި ލެވިޓް ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާން-އެމެރިކާ ނުތަނަވަސްކަން ގޯސްވިޔަނުދިނުމަށް ޢަރަބި ޤައުމުތަކުން މަސައްކަތް ފަށައިފިދުނިޔެ | 18 ދުވަސް ކުރިންއީރާނާއި އެމެރިކާއާ ދެމެދު މުއާމަލާތުކުރުން ހުއްޓާލައިފިދުނިޔެ | 20 ދުވަސް ކުރިންވޯލްޑް ކަޕުގެ ގުރުނަގަން ދާން އިރާންގެ ޓީމަށް އެމެރިކާއިން ވިސާ ނުދިންކުޅިވަރު | 4 މަސް ކުރިންއެމެރިކާއާއެކު މަޝްވަރާ ކުރަން ތައްޔާރު - އީރާން ދުނިޔެ | 7 މަސް ކުރިން