logo
ދުނިޔެ

ފަލަސްތީނާއެކު ސުލްހަ ޤާއިމު ކުރިނަމަވެސް ސިޔާދަތީ ބާރުދޭން ދެކޮޅު - ނަތަންޔާހޫ

އަޙްމަދު ޒަލީފް
8 ޖުލައި 2025 - 13:45
ފަލަސްތީނާއެކު ސުލްހަ ޤާއިމު ކުރިނަމަވެސް ސިޔާދަތީ ބާރުދޭން ދެކޮޅު - ނަތަންޔާހޫ

ފަލަސްޠީނުގެ ރައްޔިތުންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޔަހޫދީން އެއްބަސްވި ނަމަވެސް، ސިޔާދަތީ މިނިވަން ކަމާއި ސަލާމަތީ ބާރުތައް ފަލަސްޠީނުގެ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަން އިންކާރު ކުރާ ކަމަށް ނަތަންޔާހޫ ބުނެފިއެވެ.

އޭނާ މި މޭރުމުން ބުނެފައި ވަނީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވޮޝިންގްޓަނުގައި ބައްދަލު ކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ނަތަންޔާހޫ ބުނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޔަހޫދީން ބޭނުންވާ ކަމުގައެވެ. ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ފުުރުޞަތު ދީފި ނަމަ، ޔަހޫދީން ނައްތައިލުމަށް އެ ޤައުމު ބޭނުން ކުރާނެ ކަމުގައި އޭނާ ބުންޏެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނާ އެކު ސުލްޙަ ޤާއިމު ކުރުމަށް ޔަހޫދީން އެއްބަސްވި ނަމަވެސް، ސިޔާދަތީ މިނިވަން ކަމާއި ސަލާމަތީ ބާރުތައް ފަލަސްޠީނުގެ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލަން އިންކާރު ކުރާ ކަމުގައި ވެސް އޭނާ ބުންޏެވެ.

ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ފަލަސްޠީނާއި ޔަހޫދީންގެ މިނިވަން ދެ ދައުލަތް ޤާއިމު ކޮށްދިނުމަކީ އެމެރިކާގެ ވެސް ސިޔާސަތެވެ. އަދި، އެމެރިކާއިން ވިލަރެސް ކުރަމުން ދިޔަ މަޝްވަރާތަކުގެ ތެރެއިން ފަލަސްޠީނުގެ ރައްޔިތުން ވަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން އިރުމަތީ ޤުދުސްގައި މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް، އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ދަނީ ފަލަސްޠީނުގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީ ޢާއިލާތައް ވަޒަންވެރި ކުރުވަމުންނެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމެއް ވެސް ހިންގަން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި އެއްވުންތަކެއް، ގޮވަމުން ދަނީ އަސީރުން މިނިވަން ކުރުމަށްދުނިޔެ | 15 ދުވަސް ކުރިންނަތަންޔާހޫ ރުޅިގަދަވެއްޖެ؛ "ހަމަ މިހާރު މުޒާހަރާތައް ހުއްޓާލާ" ދުނިޔެ | 16 ދުވަސް ކުރިންމުޅި ޣައްޒާ ހިފުމަށް ޔަހޫދީ ފައުޖުގެ ވެރިޔާވެސް ދެކޮޅު ދުނިޔެ | މަހެއް ކުރިންޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން މީހުން ތިބީ ހައިހޫނު ކަމުގައި ދުނިޔެ | މަހެއް ކުރިން