logo
Bank of Maldives

Bank of Maldives

ޚަބަރު

ކާށިދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ރަށުން ގެވަޅު ދޫކުރަނީ

އަޙްމަދު ޒަލީފް
9 ޖުލައި 2025 - 12:23
ކާށިދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ރަށުން ގެވަޅު ދޫކުރަނީ

 ކާށިދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހިމެނޭހެން އެ ރަށުން 400 ގެވަޅު ދޫކުރުމަށް ކައުންސިލުން އިޢުލާން ކޮށްފިއެވެ.

އެގޮތުން، 2000 އަކަފުޓޫގެ 410 ގެވަޅު ދޫކުރުމަށް ނިންމާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީގެ ތެރެއިން 10 ގެވަޅު ވަނީ ޙާއްޞަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާކީ 400 ގެވަޅަށް، ކާށިދޫގެ ރަށްވެހިންނާއި، ކާށިދޫ ރަށްވެހިންނާއި ކައިވެނިކޮށްގެން ކާށިދޫގައި ދިރިއުޅޭމީހުންނާއި، ކައިވެނީގެ ގޮތުން ފިޔަވައި ކާށިދޫއަށް ހިޖުރަކޮށް، ރަށްވެހިކަން ބަދަލުކޮށް ކާށިދޫގައި ދިރިއުޅޭ ފަރާތްތަކަށާއި ކާށިދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ކާށިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މާ އެރަށު ކައުންސިލަށް ފޯމު ހުށަހެޅުމަށް އިޢުލާނުގައި ބުނެފައިވެއެވެ.

 ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2025 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށެވެ. ގޯއްޗަށް އެދި ހުށަހަޅަންޖެހޭނީ އުސޫލާ އެއްގޮތްވާގޮތުގެމަތިން ފޯމުގެ އަސްލު ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭއިންސާފު ހިމެނޭކަމަށްބުނެ، މާފަރުން ގެވަޅު ދިނުން ހުއްޓުވަން މިފަހަރުވެސް ކޯޓަށްޚަބަރު | 2 މަސް ކުރިންކާށިދޫން ގޯތި ދޫކުރަނީ، އެރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތުޚަބަރު | 2 މަސް ކުރިންކާށިދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ރަށުން ގެވަޅު ދޫކުރަނީ ޚަބަރު | 2 މަސް ކުރިންކާށިދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމަށް ރައީސް ދެއްވީ އުއްމީދީ ޖަވާބެއް ޚަބަރު | 9 މަސް ކުރިން