logo
Bank of Maldives

Bank of Maldives

ޚަބަރު

ކާށިދޫން ގޯތި ދޫކުރަނީ، އެރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު

ޝަހްޒާ މުހައްމަދު
13 ޖުލައި 2025 - 07:19
ކ. ކާށިދޫ -- ފޮޓޯ: ޕީއެސްއެމް
ކ. ކާށިދޫ -- ފޮޓޯ: ޕީއެސްއެމް

ކ. ކާށިދޫން މީހުން ދިރިއުޅުމަށްޓަކައި 410 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައިފިއެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2،000 އަކަފޫޓުގެ ގޯތިތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ކެޓަގަރީ އޭގެ ދަށުން 400 ގޯތި ދޫކުރެވޭނީ ކާށިދޫގެ ރަށްވެހިންނާއި، ކާށިދޫ ރަށްވެހިންނާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ މީހުންނަށާއި، ކާށިދޫއަށް ހިޖުރަކޮށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ކެޓަގަރީ ބީގެ ދަށުން 10 ގޯތި ޚާއްޞަ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު 15 ޖުލައި 2025 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެނެކްސް ޝީޓާއި، ޕޮއިންޓް ޝީޓާއި، ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު ހިމެނެއެވެ. އަދި މީގެ އިތުރުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބިން ދޫކޮށްލުމަށް ވެވޭ އިޤުރާރު ވެސް ހުށަހަޅަންޖެހެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ކާށިދޫ ކައުންސިލްގެ ނަންބަރު 6645377 އަށް ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާށިދޫން ގޯތި ދޫކުރަނީ، އެރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތުޚަބަރު | 2 މަސް ކުރިންކާށިދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ރަށުން ގެވަޅު ދޫކުރަނީ ޚަބަރު | 2 މަސް ކުރިންކާށިދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމަށް ރައީސް ދެއްވީ އުއްމީދީ ޖަވާބެއް ޚަބަރު | 9 މަސް ކުރިންގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ބިން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އަންގާރަ ދުވަހުޚަބަރު | އަހަރެއް ކުރިން