logo
ޚަބަރު

އިސްރާއީލަކީ މެދުއިރުމައްޗަށް ދިމާވެފައިވާ މުސީބާތެއް: އައްބާސް އަރާގްޗީ

އާމިނަތު ޝަފާ
9 ޖުލައި 2025 - 12:16
އިސްރާއީލަކީ މެދުއިރުމައްޗަށް ދިމާވެފައިވާ މުސީބާތެއް: އައްބާސް އަރާގްޗީ

ސަހުޔޫނީ ޣައިރު ގާނުނީ ދައުލަތް- އިސްރާއީލަކީ މުޅި ދުނިޔެއާއި އަދި ހާއްސަކޮށް މެދުއިރުމައްޗަށް ދިމާވެފައިވާ މުސީބާތެއްކަމަށް އިރާނުގެ ޚާރިޖީ ވަޒީރު އަބްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް-ސަޢޫދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އަރާގްޗީ ވިދާޅުވީ އިސްރާއީލުން އިސްލާމީ ގައުމުތަކާ ދެކޮޅަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ދެކޮޅަށް ސަރަހައްދީ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަކީ ލާޒިމްކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަރާގްޗީވަނީ އިސްރާއީލުން އިރާނަށް ދިން ހަމަލާތަކަށްފަހު އިރާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، އިރާނުގެ ހައްޖުވެރިންނަށް ފަސޭހައިން ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިނުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްރާއީލާ އެމެރިކާއިން އިރާނަށް ދިން އަސްކަރީ ހަމަލާތައް ކުށްވެރިކުރުމުގައި އިސްލާމީ ގައުމުތަކުން ދެއްކި އެއްބައިވަންތަކަމަށް ތައުރީފުކުރައްވައި ފަލަސްޠީނު ރައްޔިތުން ޝަހީދުކުރުމާއި ފަލަސްތީނާއި، ލުބުނާނާއި ސީރިއާ ހިމެނޭގޮތަށް އިސްލާމީ ގައުމުތަކުގެ ސަރަހައްދުތައް ހިފުމާއި، އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް އދ.ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވުމާއި ގުޅޭ ގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް-ސަޢޫދު ވިދާޅުވީ، އިރާނުގެ ސިޔާދަތަށް އަރައިގަތުން ކުށްވެރިކުރުމަކީ ސަޢޫދީގެ ސިޔާސަތެއް ކަމަށެވެ. އަދި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ވެދެންވެންއޮތް ހުރިހާ އެހީތެރިކަމެއް ސަޢޫދީ ސަރުކާރުން ފޯރުކޮށްދޭނެކަމަށްވެސް ފައިސަލް ބިން ފަރްހާން އަލް-ސަޢޫދު ވަނީ ވިދާޅުވެފައެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫއުއަށް ހުރަސްއެޅުމަށް ކަމަށް ބުނެ އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. 12 ދުވަހުގެ ހަނގުރާމައަށްފަހު ޔަހޫދީން ބޭނުންވެގެން އެމެރިކާއަށް ކުރި ޕްރެޝަރުތަކާ ހެދި ސުލްހައިގެ ވާހަކަތައް ފަށައި މި ދަނޑިވަޅަށް ހަނގުރާމަވަނީ މެދުކަނޑާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ އަސްކަރީ ގާބިލުކަން ދައްކާލައި ސަހުޔޫނީން ބިރުގަންނަވާލައިފި ދުނިޔެ | 11 ދުވަސް ކުރިންކުޑަކުދިން ޝަހީދުކުރާ ބަޔަކަށް ހަނގުރާމައިން ނަސްރެއް ނުލިބޭނެ: އިރާން ދުނިޔެ | މަހެއް ކުރިންއިސްރާއީލަކީ މެދުއިރުމައްޗަށް ދިމާވެފައިވާ މުސީބާތެއް: އައްބާސް އަރާގްޗީޚަބަރު | 2 މަސް ކުރިންއިރާނުގެ ކިބައިން ސަލާމަތްވީ ހަނި ފުރުސަތަކުންކަމަށް ޔަހޫދީން ބުނެފި ޚަބަރު | 2 މަސް ކުރިން