logo
ދުނިޔެ

ނަތަންޔާހޫ ގެންގުޅެނީ މުޅި ޣައްޒާ އެމެރިކާގެ އަތްދަށު ކުރުމުގެ ޕްލޭނެއް

އަޙްމަދު ޒަލީފް
9 ޖުލައި 2025 - 16:40
ނަތަންޔާހޫ ގެންގުޅެނީ މުޅި ޣައްޒާ އެމެރިކާގެ އަތްދަށު ކުރުމުގެ ޕްލޭނެއް

މުޅި ޣައްޒާ އެމެރިކާގެ އަތްދަށުކޮށް، ޣައްޒާގެ ރައްޔިތުން ބާލަން ޓްރަމްޕް މީގެކުރިން ހުށަހަޅާފައިވާ ޕްލޭނަށް ޖައްބާރު ނަތަންޔާހޫ އަނެއްކާވެސް ތަޢުރީފުކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރަން، މިވަގުތު އެމެރިކާއަށް ގޮސްހުރި، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަންނަން ޖެހޭނެކަމަށް ބުނެފައެވެ. އަދި އެ ކަން ކުރުމަށް ޔަހޫދީ ފައުޖުން ދަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޣައްޒާގެ މިލިޔަނެއްހާ ރައްޔިތުން ލީބިޔާއަށް ބަދަލު ކުރުމަށް އެމެރިކާއިން ރާވާފައިވާ ކަން ވެސް ފަޅާއަރާފައިވެއެވެ.

އެކަމާ ގުޅޭގޮތުން، ޓްރަމްޕް އިއްޔެ ވިދާޅުވީ، އޭނާގެ އެ ތަސައްވުރަށް ސަރަޙައްދުގެ އެކި ޤައުމުތަކުން އެއްބާރުލުން ލިބޭނެ ކަމަށާއި، އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔަހޫދިންގެ ދިފާއީ ވަޒީރު އިސްރާއިލް ކަޓްޒް ބުނި ގޮތުގައި، ޔަހޫދީންގެ ހީލަތްތެރި ވިސްނުމަކީ ރަފަޙަށް ފުރަތަމަ ގާތްގަނޑަކަށް 600،000 އެއްހާ ފަލަސްޠީނުގެ ރައްޔިތުން ޖަމާކުރުމެވެ. އޭގަފަހުގައި ޣައްޒާގައި ދިރިއުޅޭ 2.1 މިލިއަންގެ ފަލަސްޠީނުގެ މުޅި އާބާދީ އެ ސަރަޙައްދަށް ބަދަލުކުރެވޭނެކަމަށް އޭނާ ބުންޏެވެ.

އަދި އެތަނަށް ޖަމާކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް އެތަނުން އެއްވެސް ގޮތަކަށް ނުނުކުމެވޭނެ ކަމަށާއި، ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު 60 ދުވަހަށް ޙަމަލާތައް މެދުކަނޑައިލުމަށް ކުރެވެމުންދާ މަޝްވަރާތަކަށްވާ ގޮތަކުން، ޙަމަލާތައް މެދުކަނޑާލެވޭ މުއްދަތުގައި، ރަފަޙަށް ޖަމާކުރާ ރައްޔިތުންނަށް ބޭނުންވާ ގެދޮރު އިމާރާތް ކުރަން ފެށޭނެ ކަމަށް އޭނާ ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި އެއްވުންތަކެއް، ގޮވަމުން ދަނީ އަސީރުން މިނިވަން ކުރުމަށްދުނިޔެ | 16 ދުވަސް ކުރިންނަތަންޔާހޫ ރުޅިގަދަވެއްޖެ؛ "ހަމަ މިހާރު މުޒާހަރާތައް ހުއްޓާލާ" ދުނިޔެ | 17 ދުވަސް ކުރިންމުޅި ޣައްޒާ ހިފުމަށް ޔަހޫދީ ފައުޖުގެ ވެރިޔާވެސް ދެކޮޅު ދުނިޔެ | މަހެއް ކުރިންޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން މީހުން ތިބީ ހައިހޫނު ކަމުގައި ދުނިޔެ | މަހެއް ކުރިން