logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު ރާފިޢު، ސައުދީ އަރަބިއްޔާގެ ސަފީރާ ބައްދަލުކުރައްވައިފި

ވަޒީރު ރާފިޢު، ސައުދީ އަރަބިއްޔާގެ ސަފީރާ ބައްދަލުކުރައްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އަދި ކުޅިވަރު ވުޒާރާގެ ޕާމަނަންޓް ސްކެޓްރީ އަޙުމަދު ޝިޔާޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ކުޅިވަރުގެ ރޮނގުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ސަރުކާރުގެ ކުޅީވަރުގެ ތަސައްވުރާ ގުޅޭގޮތުން މަޢުލޫމާތު ސަފީރާ ހިއްސާކުރައްވާފައެވެ. މިގޮތުން ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރައްވާ މަސައްކަތްތައްވެސް ތަފްސީލްކޮށްދެއްވިއެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވަމުން ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ވަނީ ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވާ އެކަމަށް މަރުޙަބާ ދަންނަވާފައެވެ.

އޭނާ ވިދާޅުވި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިބިކަމަށެވެ. އެ ކުޅުންތެރިންގެ ހުނަރު ތަަރައްޤީކޮށް، ކާމިޔާބީތައް ހޯދުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ ރާއްޖޭގެ އެތުލީޓުންނަށްވެސް، ޒުވާނުންނަށްވެސް ހުޅުވިގެންދާ އާ ޞަފްޙާއެއް: ވަޒީރު ރާފިޢުޚަބަރު | 5 މަސް ކުރިންމި އަހަރު ވެގެންދާނީ ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢުޚަބަރު | 8 މަސް ކުރިންވަޒީރު ރާފިޢު، ސައުދީ އަރަބިއްޔާގެ ސަފީރާ ބައްދަލުކުރައްވައިފި ޚަބަރު | 8 މަސް ކުރިންސަރަޙައްދީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް: ވަޒީރު ރާފިޢުޚަބަރު | އަހަރެއް ކުރިން