logoEN
ޚަބަރު

28 ރަށެއްގެ ކައުންސިލަށް އެސްޖީން ހޯދަން އިޢުލާންކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

10 ޖުލައި 2025 - 14:02

28 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މީހުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނުކޮށްފި އެވެ.

އެސްޖީން ހޯދަންވެގެން އިއުލާނުކޮށްފައިވާ ކައުންސިލްތައް:

  • ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ/ ހއ. ތަކަންދޫ
  • ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ/ ހދ. ހިރިމަރަދޫ
  • ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ/ ހދ. ނޮޅިވަރަންފަރު
  • މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ / ށ. ފޭދޫ
  • މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ/ ށ. ފީވަށް
  • މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ/ ނ. ހެނބަދޫ
  • މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ / ނ. ވެލިދޫ
  • މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ / ރ. ވާދޫ
  • މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ
  • މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ/ ރ. މަޑުއްވަރި
  • މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ/ ރ. އިންނަމާދޫ
  • މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ/ ބ. ފެހެންދޫ
  • މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ
  • އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ/ އއ. ފެރިދޫ
  • އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ / އއ. ތޮއްޑޫ
  • އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ/ އދ. ހަންޏާމީދޫ
  • ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ / ވ. ކެޔޮދޫ
  • ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ / ވ. ތިނަދޫ
  • ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ / ވ. ރަކީދޫ
  • ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ / ފ. ދަރަނބޫދޫ
  • ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ / ދ. ރިނބުދޫ
  • ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ / ދ. މާއެނބޫދޫ
  • ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ / ތ. ގާދިއްފުށީ
  • ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ/ ތ. ތިމަރަފުށި
  • ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ/ ލ. ދަނބިދޫ
  • ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ / ލ. މުންޑޫ
  • ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ/ ގއ. ކޮލަމާފުށި
  • ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ / ގއ. ދެއްވަދޫ

ސީއެސްސީގެ އިއުލާނުގައި ބުނީ ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ) އެސްޖީންނަށް ލިބޭނެ ކަމަށެވެ.

ސީއެސްސީ ކޮށްފައިވާ އިއުލާނެއްގައި ބުނީ އެސްޖީން ހޯދަނީ ދެ ލެވެލް އަށް ކަމަށެވެ. އޭގެ ތެރެއިން އެއް ލެވެލްގެ މުސާރަ އަށް 9300ރ އަދި އެކްޒެކްޓިވް އެލަވެންސް އަށް މަހަކު 6800ރ ލިބޭނެ އެވެ. ދެވަނަ ލެވެލް އަށް މުސާރައަކީ 8835ރ އެވެ. އަދި އެކްޒެކްޓިވް އެލަވެންސްގެ ގޮތުގައި 6450ރ އެވެ.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މި ޖުލައި 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ސީއެސްސީގެ އިދާރާ އަށެވެ.

ކޮމެންޓް

871x217_placeholder