logo
Bank of Maldives

Bank of Maldives

ޚަބަރު

ޞިއްޙީ ޚިދުމަތްތެރިޔާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޝަހްޒާ މުހައްމަދު
11 ޖުލައި 2025 - 12:20
ޞިއްޙީ ޚިދުމަތްތެރިޔާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހީމް މުޞްޠަފާ އަކީސިއްހީ ގިނަ ދިރާސާތަކެއް ހައްދަވައި، ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައްކުރެއްވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. އިބްރާހީމް މުޞްޠަފާ ނިޔާވުމުގެ ހިތާމައިގައި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، މާތްﷲ މިންވަރު ކޮށްދެއްވުން އެދި ރައީސް ދުޢާ ދެންނެވިއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އައްޑޫސިޓީ، ހުޅުދޫއަށް އުފަން ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންއަށެވެ. އޭނާ އަވަހާރަވިއިރު، އުމުރަކީ 57 އަހަރެވެ.

އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވެފައިވާ ޑރ. އިބްރާހިމް މުސްތަފާ ކޮޗިންއަށް ގެންދެވުނީ އިތުރު ފަރުވާއަށެވެ. ނަމަވެސް އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ ކޮން ބައްޔަކަށް ކަމެއް އެނގިފައެއް ނުވެއެވެ.

ޑރ. އިބްރާހިމް މުސްތަފާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު، ކޮޗިންގައެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ. އޭނާ އަކީ ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާއިން ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ ތެލެސީމިއާގެ ގިނަ ދާއިރާތަކުން ވެސް ދިރާސާތަކެއް ހައްދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިިޖުރީ އާއަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިން''އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިންމާލީ އިސްލާމް ދީނަށް ޖޯކު ޖެހި މީހުންނަށްރައްޔިތުންގެ ފައިސާއިން މުސާރަ ދެމުން''ޚަބަރު | ދުވަހެއް ކުރިންއެމްޑީޕީއަކީ ފަނާކުރުވަނި ފިކުރެއް، ޕީއެންސީ އަކީ ބިނާކުރުވަނިވި ފިކުރު: ރައީސްޚަބަރު | ދުވަހެއް ކުރިންރައީސް ދިވެހި އުފެއްދުންތެރިންނަށް، ހައްދެއް ނެތި އީޖާދީ މަސައްކަތް ކުރައްވާ! މިއޮތީ ދޮރު ހުޅުވިފައި!ޚަބަރު | 2 ދުވަސް ކުރިން