ރާއްޖޭގެ މިނިވަންކަމަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ: އަޒާން
21 ސެޕްޓެމްބަރު 2024 - 07:58

ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ ނޫހަކުން ގެނެސްދީފައި ޚަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
އެ ޚަބަރަކީ ނޫހަކުން ‘’އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ގާއިމުކުރަން މަޝްވަރާކޮށްފި’’ ސުރުޚީގެ ދަށުން ގެނެސްފައިވާ ޚަބަރެކެވެ.
އެ ޚަބަރާއި ގުޅުވައި އަޒާން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ.
‘’ އެއީ އެމްޑީޕީ ވެރިކަމުގަ ކަން ހިނގި ގޮތް. ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ.’’ އަޒާން ވިދާޅުވެފަވެއެވެ.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ‘’ޕްރޯ މޯލްޑިވްސް ސިޔާސަތު’’ އެވެ.

-01.jpg&w=3840&q=75)
