logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެސްއެމްގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 1 ވަނަ ފިނާ ހޯދައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖުލައި 2025 - 09:03
ޕީއެސްއެމްގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 1 ވަނަ ފިނާ ހޯދައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025"ގެ 1 ވަނަ އާއިޝަތު ފިނާ ފިރާޤު ހޯދައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން''ގެ 6 ވަނަ ސީޒަންގެ ގްރާންޑް ފިނާލޭ ރޭ ބާއްވާފައިވާއިރު، މިއަހަރުގެ މުބާރާތުން 1 ވަނަ ހޯދި ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރޭގެ ޝަރަފްވެރި މެހްމާން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާތުން 1 ވަނަ ހޯދި ފިނާއަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތާއި، އިތުރު އިނާމްތައް ވެސް ވަނީ ދީފައެވެ.

މި މުބާރާތުން ދެވަނަ ހޯދީ ލަޝަން މުޙައްމަދު އެވެ. 2 ވަނަ ހާސިލްކުރި ލަޝަންއަށް 20،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އިތުރު އިނާމްތައް ވެސް ދީފައިވެއެވެ. މުބާރާތުގެ 3 ވަނަ ޢަލީ ޖައިޝަން ހޯދިއިރު، ޖައިޝަންއަށް 15,000 ރުފިޔާގެ ފައިސާގެ އިނާމާއި އިތުރު އިނާމްތައް ވެސް ދީފައިވެއެވެ. ހަތަރު ވަނަ ލިބުނީ ޢަލީ ހަސީން އަށެވެ. އަދި މުބާރާތުގެ ގަދަ 5ގެ ފަސް ވަނަ ހޯދީ އައިމިނަތު އީނާސް އެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ މި ސީޒަންގައި ފަނޑިޔާރުކަން ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ އަޑަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި ގިނަ ބައެއްގެ ލޯތްބާއި މަޤުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރުންކަމުގައިވާ މޫމިނާ އިބްރާހިމާއި އަލީ ރާޒީގެ އިތުރުން ހަސަން ހަލީމެވެ.

މި މުބާރާތުގެ 6 ވަނަ ސީޒަންގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ މާރިޗުމަހުގެ ތެރޭގައެވެ. މިއީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަހަރުގެ ސީޒަންގެ އޮޑިޝަންތަކުގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.

2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެސްއެމްގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 1 ވަނަ ފިނާ ހޯދައިފިޚަބަރު | 2 މަސް ކުރިންސަމާލުވޭ! ހުއްދަނެތި ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ބޭނުންކޮށްގެން ޖުވާ އިސްތިހާރު ކުރަނީޚަބަރު | 2 މަސް ކުރިންޕީއެސްއެމުން ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތެއް ބާއްވަނީޚަބަރު | 4 މަސް ކުރިންހަނީފުގެ މައްޗަށް ޕީއެސްއެމްއިން 9 މިލިއަން ރުފިޔާގެ ޚިޔާނާތުގެ ތުހުމަތުތައްޚަބަރު | އަހަރެއް ކުރިން