މަގޫދޫ އެއާރޕޯރޓްއަށް ބަޔަކު ގެއްލުންދީ ރޯކޮށްލަން މަސައްކަތްކޮށްފި
14 ޖުލައި 2025 - 03:50

ފ. މަގޫދޫގައި މިހާރު ހަދަމުންގެންދާ އެއްރޕޯރޓްގެ ފަޔަރ ބިލްޑިންއަށް ގެއްލުންތަކެއްދީ، އެއިމާރާތުގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފިއެވެ.
އެއަރޕޯރޓްގެ މިހާރު ހަދާފައިވާ ސްޓްރަކްޗަރތަކުގެ ތެރެއިން ޓާމިނަލްގައި އަދި ހަމައެކަނި ނިމިފައި ހުރީ ސިމެންތިގެ މަސަްްކަތްތަކާއި ދަގަނޑުގެ މަސައްކަތްކަމުން އެއިމާރާތާއް މާބޮޑު ގެއްލުމެއްދީފައެއް ނުވެއެވެ. ނަމަވެސް އެއަރޕޯރޓުގެ އޭޓީސީ ޓަވަރ/ ފަޔަރ ބިލްޑިންގް އިމާރާތުގެ ގްރައުންޑް ފްލޯގެ ވަށައިގެން ޖަހާފައިވާ ހުރިހާ ބިއްލޫރިތަކެއްް ވަނީ ތަޅާލާފައެވެ. މި ބިއްލޫރިތައް ތަޅާފައިވަނީ ގާއުކައިގެންނެވެ.
ސީލިންގް ރޯކޮށްލަން މަސައްކަތްކޮށްފައި
ފޮޓޯ: ޔައުޝަން
މީގެ އިތުރުން ޕްލާސްޓިކް ގޮނޑިއެއް އަންދާލުމަށްފަހު މިއިމާރާތުގެ ފަސްޓް ފްލޯގެ ރަންވޭއާއި ދިމާލު ސީލިންގްތެރެއަށް ވަނީ ލާފައެވެ. ނަމަވެސް މިއަލިފާންގަނޑު އިތުރަށް ފެތުރިފައިވާކަން ފެންނާކަށް ނެތެވެ. މީގެ އިތުރުން މިއިމާރާތުގެ ގްރައުންޑް ފްލޯއިން އަރާ ސިޑިއާއިދިމާލުންވެސް ވަނީ އަންދާލާފައެވެ. މިއިމާރާތުގެ ފުރަތަމަ ފްލޯގައި ހުރި ހުރިހާ ޕްލާސްޓިކް ގޮނޑިތަކެއް އަންދާލާފައިވާއިިރު، ބޮޑަށް ބެލެވެނީ މިއިމާރާތަށް ގެއްލުން ދީފައިވާ ބަޔަކު މިކަން ކޮށްފައިވަނީ މުޅި އިމާރާތުގައި ރޯކޮށްލުމަށެވެ.
މިނޫހަށް އެރަށުން މަޢުލޫމާތުދިން ގިނަބަޔަކު ބުނިގޮތުގައި މި އެއަރޕޯޓަށް ގެއްލުން ދީފައިވަނީ މަގޫދޫގެ ބަޔަކުކަމަށް ޤަބޫލުނުކުރެވޭކަމަށް މިނޫހަށް އެރަށުން މަޢުލޫމާތުދިން ގިނަބަޔަކު ވަނީ ބުނެފައެވެ. މިހާދިސާ ހިނގާފައިވަނީ ރޭގަނޑުގެ ވަގުތުގައި ކަމަށާއި އަދި އެތަނުގެ ސެކިއުރިޓީ ހަމަޖައްސާފައި ހުންނަކަމަށްވެސް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.