logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކާވާ ޗެންޕިއަންސްލީގު މާދަމާ މާލޭގައި ފަށަނީ، ރާއްޖެ ތަމްސީލުކުރަނީ ސިފައިންނާއި އެޗްޑީސީ

އަބްދުﷲ ޣާނިމް
16 ޖުލައި 2025 - 07:14
ރާއްޖެ ތަމްސީލުކުރާ ދިވެހި ސިފައިންގެ ކުލަބުން މިއަހަރު ވަނީ ތިން ތަށްޓެއް ކާމިޔާބުކޮށްފައި
ރާއްޖެ ތަމްސީލުކުރާ ދިވެހި ސިފައިންގެ ކުލަބުން މިއަހަރު ވަނީ ތިން ތަށްޓެއް ކާމިޔާބުކޮށްފައި

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެމްޕިއަންސް ލީގު މާދަމާ ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެއެވެ. މިމަހުގެ 17 އިން ފެށިގެން 23 އާއި ދެމެދު ކުރިޔަށްދާ މިމުބާރާތް މާލޭ ސޯސަލް ސެންޓަރުގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު، މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ އެޗްޑީސީ އާއި ސިފައިންގެ ޓީމެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ޓީމުގެ އިތުރުން، ކިރްގިސްތާންގެ ބެޝިކް، ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް، ޒަހީކް، އަދި ސްރީލަންކާ ޕޯޓް އޮތޯރިޓީ ވޮލީބޯލް ކްލަބާއެކު ޖުމްލަ ހަޓީމެއް ބައިވެރިވާނެއެވެ. ރާއްޖޭގެ ދެ ޓީމަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވަނީ މިދިޔަ އަހަރުގެ ފިރިހެން ވޮލީބޯޅަ ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމަށް ވުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

518093184_773666811658025_1474628488888663741_n.jpg

މެޗު ޝެޑިއުލް

މީގެއިތުރުން ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅޭ މި މުބާރާތުގެ މެޗުތައް ބެލުމަށް ފުރަތަމަ ފަހަރަށް ޓިކެޓް ވިއްކަން ނިންމާފައިވެއެވެ.

ކޮންމެ މެޗަކަށް 20 ރުފިޔާގެ އަގުގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، ގާތްގަނޑަކަށް 2000 އެއްހާ ސަޕޯޓަރުންނަށް ކުޅި ބެލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން މެޗް ޓިކެޓް ވިއްކަން ފަށާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ދީމާގެ އަޒްކާގެ ޕެއާއިން މޮންގޯލިއާވެސް ބަލިކޮށްފި ކުޅިވަރު | 11 ދުވަސް ކުރިންބަލްގޭރިއާ ބަލިކޮށް، އިޓަލީ ވޮލީ ބޯޅައިގެ ދުނިޔޭގެ ރަސްކަމަށްކުޅިވަރު | މަހެއް ކުރިންބަލްގޭރިއާ އިން ޔޫއެސްއާ ދެކޮޅަށް ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދައި، ސެމީފައިނަލަށް ގޮސްފިކުޅިވަރު | މަހެއް ކުރިންއިރާން ބަލިކޮށް ޗެކިއާ ސެމީފައިނަލަށްކުޅިވަރު | މަހެއް ކުރިން